overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ބޮޑު ޖަލްސާއެއް ބާއްވާ، ރަސްމީ ސައިޒު ދައްކާލާނަން: ޕީޕީއެމް

އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް އެ ޕާޓީ އިން މިއަދު
ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނީ ހުކުރު ދުވަހު އެ ޕާޓީ އިން ބޭއްވި ޖަލްސާއަށް ވުރެ ގިނައިން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން އެ ޕާޓީއަށް އަންނަ ފާޑު ކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެމްޑީޕީގެ ފިކުރުގައި ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ސާބިތުކޮށްދޭނެ ކަމަށެވެ. އެގޮތުން 60 - 70 ޕަސަންޓުގެ ޒުވާނުން
ބައިވެރިވާނެ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއަކީ އެއްވެސް ރަށަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި ނަމަވެސް މި މަހުގެ 17 ނޫނީ 18 ވަނަ ދުވަހު، ރަށްރަށުން ވެސް މީހުން ގެނެސްގެން މާލޭގައި ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މި ސައިޒުގެ އެންމެ ކުރީގައި ތިބޭނީ ދިވެހި ޒުވާނުން. ހާއްސަކޮށް ފުރަމާލެއާއި މާލޭގެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން، ރައީސް ޔާމީންއާ އެކުގައި ބްރިޖު ސަޅިވެފައި ކޮށްދެއްވި ހިދުމަތްތައް ސަޅިވެފައި ފުޓްސަލްދަނޑުތައް ސަޅިވެފައި އެ މީހުންނަށް ދިން ފުރުސަތުތައް ސަޅިވެފައި. އެ ހުރިހާ ސައިޒެއް ދައްކާލުން އޮންނާނީ. ވަރަށް ރަނގަޅަށް ދައްކާލާނަން، އަދަދާއި ސައިޒާ ނަމްބަރާ ކޮލަޓީއާ ކުލަ ވެސް ދައްކާލާނަން،" ނިހާން ވިދާޅުވި އެވެ.

ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އެއްވި މީހުންގެ އަދަދާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ޕީޕީއެމް އިން ރަސްމީ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.