overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަށްރަށުގައި ރައީސް މައުމޫންއަށް އޮތް ތާއީދު ބޮޑު: އިބޫ

ކުރިގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ކުރައްވާ ތާއީދު ރަށްރަށަށް ވަޑައިގަތުމުން އެނގޭ ކަމަށާއި އެމަނިކުފާނަށް އޮތް ތާއީދެއް ނުގެއްލޭ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ.

މިރޭ އެމްއާރްއެމްގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް ކުރައްވާ ތާއީދު ރައީސް މައުމޫން އަންބުރާ ގެންދެވުމަކީ ރައްޔިތުންނަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އަދި މިހާރު ކެމްޕެއިން ދަތުރުތައް ކުރާ އިރު ރާއްޖޭގެ ކަންކޮޅުތަކުން ރައީސް މައުމޫންއަށް ތާއީދު ކުރާ ގިނަ ރައްޔިތުންތަކެއް ތިބިކަން ވަރަށް ސާފުކޮށް ފެންނަ ކަމަށާއި ރައީސް މައުމޫން ޖަލުގައި އިންނަވާކަށް އެ ރައްޔިތުން ބޭނުން ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އި އެމަނިކުފާނު ކޮށްދެއްވާފައި ހުރ ކަންކަން ހިތުގެ އަޑިން ގަބޫލު ކުރާ ގިނަ ރައްޔިތުން ތިބި ކަމަށާއި އެ މީހުން ތިބީ ކޯލިޝަންއާ އެކުގައި އިންތިހާބު ކާމިޔަބު ކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފެހި ގާނޫން އަސާސީ ވުޖޫދަށް ގެނައުމުގައި ރައީސް މަައުމޫންގެ ދައުރު ވަރަށް ބޮޑު ކަމަށާއި ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އަދި އެ ގާނޫނު އަސާސީއަށް ފަހު ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ވުޖޫދަށް އައި ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކެއް ގާއިމްވީ ރައީސް މައުމޫން ވެސް ކުރެވި މަސައްކަތުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އޭރު އިންތިހާބުގައި އިދިކޮޅަށް ފުރުސަތުތައް ލިބޭ ކަމަށާއި ވަރަށް ރަނގަޅަށް ރައީސް މައުމޫން ހައްގުތައް ކަށަވަރުކޮށްދެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ 2008 ވަނަ އަހަރަށް ފަހުގައި އައި ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ވާދަ ކުރީ ތަފާތު ސިޔާސީ ޕާޓީތަކުގެ ގޮތުގައި، ފުރުސަތުތައް ހުޅުވާލެވިފައި އޮތް، ކެމްޕެއިން ކުރުމަށް ފުރުސަތު ލިބޭ، އެއްވުންތައް ބޭއްވުނު، ރެލީތައް ބޭއްވުނު، މި ހުރިހާ ފުރުސަތެއް އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން އެ ގާނޫން އަސާސީގެ ތެރެއިން ދެއްވި،" އިބޫ ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ޔާމީން ގެންދަވަނީ އިންތިހާބުގައި ގިނަ ހުރަސްތައްކެއް ކުރިމަތި ކުރުވަމުން ކަމަށައި ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ރައީސް ޔާމީންއަށް އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އެ ގޮންޖެހުންތަކާއެކުގައި ވެސް މިފަހަރު ރައްޔިތުން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.