overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވެލިދޫއިން އިބޫއަށް ހޫނު މަރުހަބާއެއް

އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ނ. ވެލިދޫއަށް ވަޑައިގެންނެވުމުން އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ކެމްޕޭނަށް ށ. އަތޮޅަށާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫއަށް އިބޫ ވަޑައިގަތީ މިއަދުގެ ހަވީރު އެވެ.

ވެލިދޫންއިން އިބޫއަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ވަރަށް ގިނަ ރައްޔިތުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ އިބޫއާ ސަލާމް ކުރުމަށްޓަކައި ސަފު ހަދާފަ އެވެ.

ޒުވާނުން ގިނަ އަދަދަކަށް ފެނިގެންދިޔަ އިރު، ސަފުގައި ތިބި ފަރާތްތަކުން ވަނީ މަރުހަބާ ދެންނެވުމަށް މާބޮނޑިތަކާއި މާފަތިތައް އިބޫ އަށް ވެދުން ކޮށްފަ އެވެ. އަދި ގިނަ ފަރާތްތަކުން ވަނީ އިބޫއާއެކު ސެލްފީވެސް ނަގާފަ އެވެ.

އިބޫ ވެލިދޫއަށް މިއަދު ހަވީރު ވަޑައިގެންފައިވާއިރު، މިރޭ ވަނީ އެރަށުގައި އިދިކޮޅު ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފަ އެވެ.

ވެލިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އިބޫއަށް މަރުހަބާ ދަންނަވާފައިވާއިރު، ނ. އަތޮޅުގެ ރަށްތަކަށް މިއަދު އިބޫ ކުރެއްވި ދަތުރުގައި އެރަށްރަށުން ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން ކެނދިކުޅަދޫއިން ވެސް އިބޫ އަށް ވަނީ ސަގާފީ ހަރަކާތްތަކަކާއެކު މަރުހަބާ ދަންނަވާފަ އެވެ.