overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަރުހުންނާއި ހެލްތް ވޯކަރުންގެ މުސާރަ ބޮޑުކުރާނަން: އިބޫ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހެލްތް ވޯކަރުންނާއި ނަރުހުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވައުދުވެވަޑައިގެންފި އެވެ.

ނ. ވެލިދޫގައި މިހާރު ކުރިއަށްދާ އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި އިބޫގެ ސިއްހީ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ނުކުރާ ކަމަށާއި އެފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ސިއްހީ ދާއިރާގައި އެކި ގިންތީގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެމުން ގެންދާ މުސާރަ އަލުން ރިވިއުކޮށް އެފަރާތްތަކުގެ މުސާރަ ބޮޑު ކުރެވޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ހެލްތް ވޯކަރުންނަކީ ސިއްހީ ނިޒާމުގައި ވަރަށްވެސް މުހިންމު ބައެއް، އަޅުގަނޑުމެން ވާނީ ސިވިލް ސާވީސް މުއައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ވިދާޅުވެފަ، ސިވިލް ސާވިސް މުއައްޒަފުންނާއެކު ހެލްތު ވޯކަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ މިގޮތަށް ވިދާޅުވެފައިވާއިރު، އޭނާގެ ތައުލީމީ ސިޔާސަތު ހާމަ ކުރައްވަމުން ވަނީ އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ ޓީޗަރުންގެ މުސާރައާ އިނާޔަތްތައް ބޮޑުކޮށްދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.

އިބޫ ވިދާޅުވެފައިވަނީ، އަލަށް އަމަލު ކުރަން ފަށާފައިވާ މަންހަޖަށް ޓީޗަރުން އަހުލުވެރި ކުރުވިފައި ނުވުމަކީ މިއަދު ތައުލީމީ ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށާއި މިހާރު އަމަލު ކުރަމުންދާ މަންހަޖް ދިރާސާކޮށް މުރާޖާ ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ޓީޗަރުންނަށް މިހާރު ލިބެމުންދަނީ އެބޭފުޅުން ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ މުސާރައެެއް ނޫން، އަޅުގަނޑުމެންގެ ސަރުކާރުގައި ޓީޗަރުންގެ މުސާރައާ އިނާޔަތްތައް ބޮޑުކުރެވިގެންދާނެ، އަދި އިތުރަށް ކިޔެވުމުގެ ފުރުސަތުތައް ފަހި ކުރެވިގެންދާނެ، އިބޫ ވިދާޅުވި އެވެ.