overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޝަހީމްގެ ގިނަ ވައުދުތަކެއް ހުޅުދެއްޔަށް

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހޮވިވަޑައިގެންފިނަމަ ދ. ހުޅުދެއްޔަށް ކޮށްދެއްވާނެ ކަންކަން އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، އެރަށަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި އެރަށަށް ވަޑައިގެންނެވީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އެދުމުގެ މަތީން ކަމަށެވެ.

ޝަހީިމް ވިދާޅުވީ، އެރަށުގެ ފަރާތުން އެދިވަޑައިގެންނެވީ އެރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށް ދިނުމަށް ކަމަށާއި އެގޮތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެރަށުގެ ބަނދަރު ބޮޑުކޮށް ދޭނެ ކަމަށެވެ. އަދި ސްކޫލްގެ ކްލާސް ރޫމްގެ މައްސަލަވެސް ހައްލުކޮށްދޭނެ ކަމަށްވެސްަ ޝަހީމް ވިދާޅުވި އެވެ.

"ދެން ހަމައެއާއެކު މިރަށަށް މިސްކިތެއްގެ ވާހަކަ މިރަށުގެ ފަރާތުން އެދުނު، މިރަށުގައި މިސްކިތްވެސް އަޅައިދޭނަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ހުޅުދެލި ރައްޔިތުން އެދުނު ކަންކަން ރައީސް ޔާމީން ފުއްދަވައިދެއްވާނެ ކަމަށާއި ރައީސް ޔާމީން ހޮވިވަޑައިގެންނެވުމަކީ އެކަމަށް ފަހިވެގެންދާނެ އެންމެ ބޮޑު މަގު ކަމަށެވެ.

ރައީސް ޔާމީން ހޮއްވަވައިދެއްވުމަށާއި ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގެންނެވުމުން އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މިރަށުގެ މަސައްކަތްތައް ހިމަނާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.