overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޕީޕީއެމްގެ ސައިޒު ކާނިވަލަށް ނުކަތާނެތީ އެހެން ތަނެއް ހޯދަނީ

އަތޮޅުތަކު ތެރެއިން ގެންނަ ޕީޕީއެމްގެ ސަޕޯޓަރުންގެ އަދަދު ގިނަކަމުން ކާނިވާ ސަރަހައްދަށް ނުކަތާނެ ކަމަށާއި ޖަލްސާ ބާއްވާނެ އެހެން ތަނެއް މިހާރު ހޯދަމުން އަންނަ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ ޖަލްސާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭގެ ހުރިހާ ރަށަކުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި ބޮޑު ޖަލްސާއެއް އަންނަ ހަފްތާ ހޯމަ ދުވަހު ބޭއްވުމަށް ރާވަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރުމުގައި ބޮޑު ދައްޗެއް ދިމާވެގެން އުޅޭ ކަމަށާއި އެއީ ރާއްޖޭގެ އެހެން ރަށްތަކުގައި ހުރި ޕީޕީއެމްގެ ސަޕޯޓަރުން ގެނެސްގެން މާލޭގައި ޖަލްސާއެއް ބޭއްވޭ ވަރުގެ ހުސް ޖާގައެއް ނެތިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ކާނިވާ ސަރަހައްދު މި އޮންނަނީ ކުރިން ފުލުހުންނަށް އެނގުމަކާ ނުލާ މާލޭގައި ސިޔާސީ އެއްވުމެއް އެއްވެވޭ ތަނަކަށް. އަޅުގަނޑުމެންގެ ސަޕޯޓަރުން އެތަނަކަށް ނުކަތާ، އެއަށް ވުރެ އަޅުގަނޑުމެންގެ ސަޕޯޓަރުން މާ ގިނަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބައެއް ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އުތުރުން ދެކުނަށް އަތްފުނާ އަޅައިގެން 1000 ހާމީހުން ކާނިވަލަށް ޖަމާ ކުރެވުނަސް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ރައރްޔިތުން މާ ބޮޑަށް ގިނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން އެކަމާ ދޭތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށާއި ގަލޮޅުދަނޑު ފަދަ ތަންތަނުގައި ކުރިން އެންގުމަކާ ނުލާ ސިޔާސީ ކަންކަން ކުރިޔަށް ނުގެންދެވޭނެތީ މާލޭގައި ޖަލްސާ ބާއްވާނެ ތަނެއް ހޯދަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަތޮޅުތަކުން އެކަނިވެސް 20،000 ރައްޔިތުން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ޕީޕީއެމް އިން ހަރަދު ނުކޮށް އަމިއްލަ ހަރަދުގައި އަންނަ ފަރާތްތައް ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ހިމަނައިގެން އަދަދު އިތުރަށް ގިނަ ވާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

"ހުޅުމާލޭގައި ބާއްވަަން ދިމާކޮށްފިއާ ދިމާވާ މައްސަލައަކީ، 30،000 40،000 އަކަށް މީހުން ބްރިޖުން ދަތުރު ކުރަން ދެ ދުވަސްވަރު އެބަ ނަގާ، އަޅުގަނޑުމެންނަށް މިވަގުތު ޓްރާންސްޕޯޓުގެ ކަންކަން ހުރި ގޮތުން ނުވަ ވަރަކަށް ބަސް މި އޮންނަނީ. ބަހުގައި ދަތުރު ކުރެވެން މި އޮންނަނީ 40 މީހުންނަށް، އެހެންވެ މަލޭގައި މި ބާއްވަންޖެހެނީ އެހެންވެ އެފަދަ ތަނެއް ހޯދުމުގެ މަސައްކަތް ކުރެވޭތޯ މި އުޅެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.