overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މައުމޫންގެ އަރިސް ބޭފުޅުންނަށް ރައީސް: ތީ ފުކެއް ބޮޑުވަރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކެބިނެޓްގައި އެތައް މަސައްކަތްތަކެއް ކުރެއްވި ކުރީގެ މިނިސްޓަރުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވައިފި
އެވެ.

ރައީސް ޔާމީން އެ ބޭފުޅުންނަށް ފާޑުވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް އެއިން ބައެއް ބޭފުޅުން ތާއިދު ކުރައްވާކަން ފާޅުގައި ހާމަ ކުރައްވައި އިބޫއަށް ކެމްޕެއިން ކުރައްވަން ފަށާފައިވަނިކޮށެވެ. އޭގެ ތެރޭގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އައްބާސް އިބްރާހިމް ވެސް ވަނީ އިދިކޮޅު ޖަލްސާގައި ރައީސް ޔާމީނަށް ފާޑުވިދާޅުވެ، އިބޫއަށް އޮތް ތާއީދު ހާމަކުރައްވައި އިބޫއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވައި މިރޭ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން ގައުމަށް ދިނީ އެތައް ގެއްލުންތަކެއް ކަމަށާއި އެ ޕާޓީ ހިމެނޭ އޮޑިއަކަށް ގައުމުގެ ޝަރަފުވެރިން އެރުއްވީމަ ސުވާލު އުފެދޭ ކަމަށެވެ.

"މި އޮޑިއަށް އަރާ ތިބި މީހުންގެ ތެރޭގައި މި ތިބީ ނިޝާން އިއްޒުއްދީންގެ ޝަރަފުން ޒީނަތްތެރިކުރައްވާފަ ތިބި ބޭފުޅުން، އަޅުގަނޑު އެ ބޭފުޅުންނަށް ހަމަ ފާޑު އެބަ ކިޔަން، އަޅުގަނޑު ހިތަށް އަރާ އެ ބޭފުޅުންނަށް އެ އިއްޒަރުގެ ޝަރަފުން ޒީނަތްތެރިވެގެން ތިއްބަވަން ހިތްޕުޅު ހަމަޖެހޭތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ގައުމު ނާމާންވެ، ކުށްތައް ގިނަވެގެން ދިޔަ ކަމަށެވެ. އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ގައުމު އޮތީ އަމާންކޮށް ކަމަށާއި މަދު ކުށްތަކެއް ކުރި ނަމަވެސް މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވުނު ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ކުށްތައް އިތުރުވެގެން ދިޔައިރު އޭގެ ޒިންމާ އެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނަންގަވަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމަށް ގިނަ ހިދުމަތްތަކެއް ރައީސް މައުމޫންގެ ސަރުކާރުގައި ކޮށް ދެއްވި ބޭފުޅުން މިހާރު އެފަދަ ބަޔަކާއެކު މަސައްކަތް ކުރާއިރު އެ ބޭފުޅުން ވެސް ގައުމުގެ މުސްތަގުބަލާމެދު ވިސްނުން ހުއްޓަވާލެއްވީތޯ ރައީސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ދޮށީ އުމުރުގެ ބޭފުޅުން، ގައުމަށް އެތައް ހިދުމަތެއްކޮށް މިކަހަލަ ކަންކަމުގައި ސިކުނޑި ގާނުއްވާފައި ތިއްބެވި ބޭފުޅުން މިއަދު އެ އޮޑިއަށް އަރާ އެ ދައްކާ ވާހަކަ ދެއްކީމަ އަޅުގަނޑަށް ހިތަށް އަރަނީ ގައުމަށް މި މީހުންގެ ހިތުގައި ކުލުނެއް ވެސް އެބަ އޮތްބާވައޭ، އަމިއްލަ ކަންކަމައިގެން ކުރިއަށް ދިޔަސް ފުކެއް ބޮޑުވަރު މިއީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން ކުށުގެ ޕްރޮފައިލް ބަދަލުވެފައިވާ ކަމަށެވެ. ބޮޑެތި ކުށްތައް 100 އަކުން 30 އަށް މަދުވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރެވިފައިވަނީ އެކަން ހުއްޓުވަން މަސައްކަތްތަކެއް ކޮށްފައިވާތީ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ކުށް އިތުރުވެގެން ދިޔައީ ސަރުކާރުގައި ތިބި މީހުން އެކަމަށް ހިތްވަރު ދޭތީ ކަމަށެވެ.

"ކިހިނެއްތޯ ތާރީހު އޮޅުވާލާނީ، ކޮން ގޮތަކުންތޯ ތާރީހު އޮޅުވާލާނީ، ކިހިނެއްތޯ މި ތަފާސް ހިސާބުތައް އޮޅުވާލާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ދުވަސްވީ ބޭފުޅުންގެ ވިސްނުމާއެކު މިހާރު ގައުމު ނުހިންގެވޭނެ ކަމަށް ސިފަ ކުރައްވާފަ އެވެ. އެގޮތުން 60 އަހަރުގެ ހުވަފެން ދެކިގެން ގައުމު ތަރައްގީ ނުވާނެކަން ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައި ސްކޫލްގެ ބަދަލުގައި މަދަރުސާއޭ ލިޔެފައިވާތީ ރައީސް ފާޑުވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެފަދަ މުސްކުޅި އިބާރާތްތައް ބޭނުން ކުރެވެނީ އޮޑިއަށް އަރައި ތިބި ބޭފުޅުންގެ ގޮތުން ކަމަށެވެ.

"އެހެން ދެއްތޯ ވާނީ 60 އަހަރުގެ ހުވަފެން ދެކުނު މީހުންނާއެކު އުޅެންޏާ،" ރައީސް ޔާމީން ވިދާޅުވި އެވެ.