overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓްގެ އަގު 30 ޕަސެންޓް ހެޔޮ ކުރާނަން: ރައީސް

ދެވަނަ ދައުރެއް ލިބިއްޖެނަމަ ރާއްޖޭގެ އަމިއްލަ ސަބްމެރިން ކޭބަލެއް ހޯދައްވާނެ ކަމަށާއި އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

"އެންމެން ހިޔާ ޔަގީން"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަތުމަށް އިންވެސްޓް ކުރަނީ އެ ބޭނުންކޮށްގެން ހިނގާ ހުރިހާ ޑޭޓާއެއްގެ އަގު މިހާރުގެ އަގަށްވުރެ 30 ޕަސެންޓް ހެޔޮ ކުރުމަށް ކަމަށެވެ.

"އެހެންވީމަ އެކަން ކުރަން އަޅުގަނޑުމެން މި އިވެންސްޓް ކުރަނީ، އެކަމަށް މިހާރު ވާނީ ވާހަކަ ވެސް ދައްކާފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލެ އައިސީޓީ ޕާކްތަކަށް ވެގެން ދާނެ ކަމަށެވެ. ވިޔަފާރިތަކާއި އެހެން ވެސް ކަންކަމަށް އައިސީޓީއިން ތަމްރީނު ކުރާ ޒުވާނުން ބޭނުންވާ ކަމަށެވެ.

"މިކަމަށް އިންވެސްޓް ކުރާއިރު އަޅުގަނޑު ބޭނުމެއް ނުވޭ އަބަދު އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލްއިން ޓްރާންސްމިޓް ވާކަށް، އަޅުގަނޑުމެންގެ އެއްޗަކަށް ވާން ޖެހޭނީ، ހިއްކާނެ ގޮތެއް ނެތީމަ މަހާޖައްރާފު ވެސް ގެނައީ، ތެޔޮ ނެތީމަ ބޮޑު ޓޭންކަރު ވެސް ހެދީ، އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމަ ސަބްމެރިން ކޭބަލަށް ވެސް އިންވެސްޓް ކުރާނެ މި ރައީސް،" ރައީސް ޔާމީން ވިދާޅުވި އެވެެ.

ރައީސް ޔާމީން ވިދާޅުވީ، ސްމާޓް ކޮންސެޕްޓަކަށް ތަރައްގީކުރާ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދާނެ ކަމަށާއި އެތަން އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އިންޓަނޭޝަނަނަލް ބިޒްނަސް ބާރަށް ހިނގާނެ ހަބަކަށް ވެގެން ދާނެ ކަމަށެވެ.