overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ހަ ދުވަހަށް އާޓިފިޝަލް ބީޗު ހޯދަން އެމްޑީޕީން އެދިއްޖެ

ރިޔާސީ އިންތިހާބާއި ގުޅޭ ހަރަކާތެއް ހިންގުމަށް ހަ ދުވަހަށް އާޓިފިޝަލް ބީޗް ދޫކޮށްދޭން އެމްޑީޕީން އެދިއްޖެ އެވެ.

އެމްޑީޕީން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 23 ސެޕްޓެމްބަރު 2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށެވެ.

އަދި ހުރިހާ ކެނޑިޑޭޓުންނަށްވެސް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ކެމްޕެއިން އަދި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށާއި، އެހެން ކަމުން ރިޔާސީ އިންތިހާބާއި ގުޅޭ ކެމްޕެއިން ހަރަކާތެއް ބޭއްވުމަށްޓަކައި މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން މެންދަމު 12:00 އަށް އާޓިފިޝަލް ބީޗު ލިބޭނެ ގޮތް ހަދައިދިނުން އެދޭކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަމަ ހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި ޝަކުވާކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުން ކެމްޕެއިނަށް ހުރަސްއަޅާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.