overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ވާހަކަތައް ތަހުގީގު ކުރާތީ ޖަރުމަން ސަފީރު ކަންބޮޑުވެއްޖެ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ދެއްކެވި ވާހަކަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާތީ ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޮއާން ރޯދީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ނ. މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ގައްލާދޫ ކަނޑު ހުރަސްކުރަނިކޮށް ދޯންޏެއް ދިޔަވެ، އަޑިއަށްދާން ފެށުމުން ފުލުހުންނަށް ގުޅައި ދޯނި އަޑިއަށް ދާކަމަށް ބުނުމުން އިރުކޮޅަކުން ގުޅާފަ އިބޫ އަށް ތާއީދުކުރޭތޯ އެދޯނީގެ ވެރިފަރާތާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެއަށް ޖަވާބުދެވެން ނެތް ކަމަށް ބުނުމުން ކުޑައިރު ކޮޅަކުން ގުޅާފަ މިވަގުތު ނެތޭ ލޯންޗެއް ކަމަށާއި ލޯންޗެއް ހަމަޖެހުމުން ދާނެ ކަމަށް ފުލުހުން ބުނި ކަމަށް އެ ދޯނީގެ ފަރާތްތަކާ ހަވާލާދީ އިބޫ ވިދާޅުވި އެވެ.

އެކަން ދޮގުކޮށް އިއްޔެ ފުލުހުން ބުނެފައިވަނީ އިބޫ، މާޅޭންދޫއަށް ވަޑައިގެން ފުލުހުން ބަދުނާމުކޮށް ވާހަކަތަކެއް ހާމަކޮށްފައިވާ ކަމަށާއި އެކަމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ގަސްތުގައި ފުލުހުންނާއި ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދެއްކުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ. އެކަން ތަހުގީގު ކުރާނެ ކަމަށެވެ.

އެކަމަށް އިޝާރަތް ކުރައްވައި ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓްގެ މައްސަލައެއް ކުއްލިއަކަށް ފުލުހުން ބަލަން ފެށުމުގެ ވާހަކައަކީ އުނދަގޫ ވާހަކައެއް ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބަކީ ޑިމޮކްރަސީގެ އެންމެ މުހިންމު ކަން ކަމަށާއި އެކަން ސެޕްޓެމްބަރު 23 ގައި ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށެވެ.

"މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނީ ހުރިހާ ސިޔާސީ ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އޮވެގެން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބާރު އަޅުއްވައި އެކަމަށް ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ވެސް ސަރުކާރަށް ގޮވާލާފައިވާކަން ހަނދާންކޮށް ދެއްވާފަ އެވެ.