overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ހުރިހާ ރަށަކުން ވެސް ފެންނަނީ އުންމީދީ މަންޒަރުތަކެއް: އިބޫ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ފެނުނީ ވަރަށް އުމްމީދީ މަންޒަރެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ނ. އަތޮޅާއި ށ. އަތޮޅަށް އިބޫ ކުރެއްވި ދަތުރުގެ ފަހު މަންޒިލް ކަމުގައިވާ ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ މިހާތަނަށް ކެމްޕެއިނަށް ކުރެއްވި ދަތުރު ތަކުގައި ފެނިފައިވަނީ ވަރަށްވެސް އުމްމީދީ މަންޒަރެއް ކަމަށެވެ. އަދި ރައްޔިތުން ކަންތައްތަކެއް ބޭނުންވެފައި ތިބިކަން ހާމަވެގެން ދިޔަ ކަމަށް އިބޫ ވިދާޅުވި އެވެ.

"ބޭނުންވަނީ އިންސާފު ގާއިމް ކުރަން. ބޭނުންވަނީ ރަށްރަށަށް ތަރައްގީ ގެންނަން. ބޭނުންވަނީ މި ސަރުކާރުގައި އަށަގަނެފައިވާ ވައްކަމާއި، ކޮރަޕްޝަން ނައްތާލަން. މިއަދު އަޅުގަނޑުމެން ކުރިމަތީގައި މި އިންނެވި ޝިޔަންޓޭ މިކަމަަށް ނިކުންނެވީމައި، ރޭގައި ވާހަކަ ދެއްކުމަށްފަހު އެއިންނެވީ ވަޒީފާއިން ވަކިވެފައި. އެހެން ނަމަވެސް ބިރު ފަހަނާޅާގޮސް ޝިޔަންޓޭ އޭނީ އަދިވެސް އެކަމަށް ނިކުންނަވާ،" އިބޫ ވިދާޅުވި އެވެ.

ނާއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާ އެންމެނަށް ވަޒީފާ އަނބުރާ ހޯދައިދީ ގެއްލުމުގެ ބަދަލު ނަގައިދޭނެ ކަމަށާއި، އެކަމުގައި ޒިންމާ ވާންްޖެހޭ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.

އިބޫ ވަނީ މިލަންދޫ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މިލަންދޫ މަގު ތަކުގައި ތާރު އަޅައިދީ، އެ ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ހަދައިދީ، އިންްޑޯ ކުޅިވަރުތަށް ކުޅޭނެ ނިޒާމެއް އެ ރަށުގައި ގާއިމްކޮށްދޭނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މިލަންދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމަށާއި، އަދި އަމިއްލަ ގޯތި ހުރި ނަމަވެސް، ގެދޮރު ބިނާކުރަން ދަތިވާ ފަރާތްތަކަށް ލުއި ލޯނު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ހައުސިން ޔުނިޓްތަކާއި ބޭންކިންގެ ހިދުމަތް ގާއިމްކުރަން ވައުދުވެ ވަޑައިގަތެވެ.

ށ. އަތޮޅުގައި ރިސޯޓެއް ހުޅުވުމަށްޓަކައި އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން މިލަންދޫގައި ގެސްޓްހައުސް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ހަަމަޖައްސައިދީ ގެސްޓްހައުސް އެޅުމަށް ލޯނު ހަމަޖައްސައިދެއްވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.