ހަބަރު

އެންސިސްގެ ފައިސާ ފޭރިގެން މައްސަލާގައި އަނެއްކާ ދެ މީހަކު ހައްޔަރުކޮށްފި

މަސް އެކްސްޕޯޓު ކުރަމުން އަންނަ އެންސިސްގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު
ހައްޔަަރުކޮށްފި އެވެ.

ހުޅުމާލޭގައި އެންސިސްގެ ދެ މުއައްޒަފަކު ފައިސާ ހިފައިގެން މަގު މަގުމައްޗައް ނިކުތުމުން ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވަނީ މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންސިސްގެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު އިއްޔެ ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނެއް ކަމަށާއި އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންސިސް މައްސަލާގައި ފުލުހުން ފުރަތަމަ ވަނީ އެ ކުންފުނީގެ ބައެއް މުއައްޒިފުން ހިމެނޭ ގޮތަށް، ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އޭގެ ތެރެއިން ފަސް މީހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން މިހާރު ވެސް ބަންދުގައި ހުރީ 19 އަހަރުގެ މީހެކެވެ. އެންސިސް މައްސަލާގައި މިހާރު ޖުމުލާ ބަންދުކޮށްފައި ހުރީ ހަތަރު މީހުންނެވެ.