overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރެހެންދި ސްކޫލްގެ ޓީޗަރުންތަކެއް ވެސް އިބޫއަށް ތާއީދުކޮށްފި

ހުޅުމާލޭ، ރެހެންދި ސްކޫލްގެ ޓީޗަރުންތަކަކާއި އެ ސްކޫލްގެ މުވައްޒަފުންތަކެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއިދުކުރާކަން ހާމަކޮށްފި އެވެ.

މީގެކުރިން އިސްކަންދަރު ސްކޫލްގެ ޓީޗަރުންތަކެއް ވެސް ވަނީ އިބޫއާ ބައްދަލު ކުރައްވައި އޭނާއަށް ތާއިދު ކުރާކަން ހާމަކޮށްފަ އެވެ.

ރެހެންދި ސްކޫލްގެ ޓީޗަރުންތަކެއް ރޭ އިބޫއާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް އިބޫ ވަޑައިގެންނެވީ ށ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ވަޑައިގެންނެވުމަށްފަހު ސީދާ އެއާޕޯޓުންނެވެ. އެ ބައްދަލުވުމަށްފަހު އިބޫ ޓީޗަރުންނާއެކު ނަގާފައިވާ ފޮޓޯއެއް އެމްޑީޕީއިން ވަނީ އާންމުކޮށްފަ އެވެ.

އިބޫ ށ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ކުޑަފަރީގެ ގިނަ ސަރުކާރު މުވައްޒަފުން ވެސް ވަނީ އިބޫއަށް ތާއިދު ކުރާކަން ފާޅުގައި ހާމަކޮށްފަ އެވެ.

ސަރުކާރުގެ މުވައްޒަފުން ބިރު ފަހަނަ އަޅާ ގޮސް ފާޅުގައި ނުކުތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ގިނަ މަންޒަރުތައް ފެންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިބޫ ވަނީ ސަރުކާރުގެ މުވައްޒަފުންނަށް ބޮޑެތި ވައުދުތަކެއް ވެސްވެވަޑައިގެންފަ އެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރު މުވައްޒަފުންނަށް ބިރަކާ ނުލާ އެމީހަކު ބޭނުންވާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އިދިކޮޅު ޕާޓީތަކަށް ތާއިދުކޮށްގެން ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އޭނާގެ ސަރުކާރެއްގައި އަލުން ވަޒީފާ
ހޯދައިދެއްވާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެފަ އެވެ.