overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް އިބޫއަށް: މައުމޫނަށް ޕީޕީއެމް ދިނަސް އާންމު މެންބަރުން ނުތިބޭނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމް ހަވާލުކުރި ނަމަވެސް އެމްޑީޕީއާ ގުޅުމެއް އޮވެއްޖެނަމަ ޕާޓީގެ އާންމު މެންބަރުން ނުތިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވެރިކަމަށް ވަޑައިގެންފިނަމަ ޕީޕީއެމް އޭގެ އަސްލު ވެރިންނަށް ހަވާލު ކުރައްވާނެ ކަމަށް މިއަދު އއ. ތޮއްޑޫގައި ވާހަކަ ދައްކަވަމުން ވިދާޅުވުމާ ގުޅިގެންނެވެ.

އައްޑޫ ސިޓީ، ހުޅުމީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިބޫ އެހެން ވިދާޅުވެފައިވާތީ އޭނާއަށް ވަރަށް ބޮޑަށް ފާޑކުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ޕީޕީއެމްއަކީ އެމްޑީޕީއަށް "އެންޓި ޑޯސްއެއް" ނޫނީ "އެންޓި ބަޔޮޓިކްއެއް" ކަމަށެވެ.

"ރައީސް މައުމޫން އެމްޑީޕީއާ އެއް ކޯލިޝަނެއްގައި ހުންނަވަނިކޮށް މިއަދު ޕީޕީއެމްގެ ވެރިޔަކަށް މައުމޫން ވަޑައިގަތަސް އެއްވެސް ޒުވާނަކު އެއްވެސް ދިވެއްސަކު ޕާޓީގައި ނޫޅޭނެ، ޕީޕީއެމްއަކީ އެމްޑީޕީއާ އެންޓި ޑޯސްއެއް، އެމްޑީޕީއާ އެއް ކޮޅަކަށް ޕީޕީއެމް މެންބަރުން އަރާނެ ގޮތެއް ނުފެނޭ،" ރައިސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންއަށް ސަރުކާރުން ބައެއް އެޅުމުގެ ބަދަލުގައި ޕީޕީއެމް ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައިވަނީ ކޯލިޝަނުން ފައްސާލުމަށް ކަމަށެވެ. ސަރުކާރުން ބައެއް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

"އިބޫއަށް އެނގޭނެ ޕީޕީއެމްގެ އާންމު މެންބަރުން އެމްޑީޕީއާއެކު ނުދާނެކަން، އެހެންވެ ބައި އެޅުން ދޫކޮށްލާފަ ޕާޓީ ދޭނަމޭ އެ ބުނީ،" ރައިސް ޔާމީން ވިދާޅުވި އެވެ. "ކޭކަކީ ވަރަށް މީރު އެއްޗެއް، އެއްކޮށް ކާލަން ބޭނުންވާނެ، ފެޅުމުގެ ކުރިން ބައި އަޅާނަމޭ ބުނާނެ،"

އިދިކޮޅުން އުޅެނީ ރާއްޖޭގައި އެންމެ ޕާޓީއެއް އޮންނަ ގޮތަށް ހަދަން ކަމަށާއި ނަމަވެސް އެކަމެއް އެގޮތަކަށް ނުވާނެ ކަމަށެވެ. ޕީޕީއެމް، އިދިކޮޅު ކޯލިޝަނާއެކު ނުދާނެކަން ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.

އޭގެފަހުން ރައީސް މައުމޫން ޕާޓީން ވަކިކޮށް އަރިސް ބޭފުޅުންނާއި ރައީސް މައުމޫނަށް ތާއިދު ކުރާ ބޭފުޅުން ވެސް ޕާޓީން ވަކިކުރި އެވެ. ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރިއިރު އެމަނިކުފާނަކީ އެ ޕާޓީގެ މެންބަރުން އިންތިހާބުކޮށްފައި ހުންނެވި ރައީސް އެވެ. އޭގެފަހުން ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި ރައީސްއަކު އިންތިހާބުކޮށްފައެެއް ނުވެ އެވެ.

ޖަލުގައި މިހާރު ހުންނެވި ރައީސް މައުމޫންގެ ފަރާތްޕުޅުން އިބޫއަށް ތާއިދު ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މައުމޫން ރީފޯމް މޫވްމަންޓް، އެމްއާރްއެމް އުފައްދައި ރައީސް މައުމޫން ސަރުކާރުގެ ކެބިނެޓްގައި އުޅުއްވި ބޭފުޅުން ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

ގައުމީ މަސައްކަތެއް އިބޫ ކުރައްވާކަން ވިދާޅުވާއިރު ގައުމީ މަސައްކަތަކީ ޖަލުގައި ތިބި ބަޔަކު މިނިވަންކުރުންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ. ރާއްޖެ ބިނާ ކުރާ ގޮތަކީ ޖަލުގައި ތިބި ވަކި ބަޔަކު ދޫކުރުންތޯ ވެސް ރައީސް އެއްސެވި އެވެ.

"ގައުމީ މައްސަލައަކީ ހުކުމް ސާބިތުވެފައިވާ މުޖުރިމުންތަކެއް ދޫކޮށްލުންތޯ، އެއީތޯ ރާއްޖެ ބިނާ ކުރާ ގޮތަކީ، ކީއްވެގެންތޯ ދެރަ ސޮރު ޖަލުގަ އޮންނަންވީ، މިއިން ބޭފުޅަކު ކޮންމެ ފަދަ ގޯހެއް ހެދިނަމަވެސް ޖަލުގައި އޮންނާކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ގައުމީ މައްސަލައަކީ ހުކުމް ސާބިތުވެފައިވާ މުޖުރިމުންތަކެއް ދޫކޮށްލުންތޯ، އެއީތޯ ރާއްޖެ ބިނާ ކުރާ ގޮތަކީ، ކީއްވެގެންތޯ ދެރަ ސޮރު ޖަލުގަ އޮންނަންވީ، މިއިން ބޭފުޅަކު ކޮންމެ ފަދަ ގޯހެއް ހެދިނަމަވެސް ޖަލުގައި އޮންނާކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.