overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މީދޫ އާއި ހިތަދޫ ބްރިޖުން ގުޅާލާނަން: ރައީސް

އައްޑޫ ސީޓީ، މީދޫ އާއި ހިތަދޫ ދެމެދު ބްރިޖެއް އަޅައި މުޅި އައްޑޫ ސިޓީ އެއްގަމުން ގުޅާލައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވައުދުވެވަޑައިގެންފި އެވެ.

ހުޅުދޫ މީދޫއަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ އާއި ހުޅުމާލެ ގުޅިފައި އޮތް ގޮތަށް ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ދެއްވަައިފި ނަމަ މީދޫ އާއި ހިތަދޫ އާ ދޭތެރޭގައި ބްރިޖެއް އަޅައި އައްޑޫ އަތޮޅު އެއްބަރެއްގެ ގޮތަށް ގުޅުވާލާނެ ކަމަށެވެ. ތަރައްގީގެ މަގުގައި ރައީސް ޔާމީންއާ ފައި ހަމަ ކުރަން އިދިކޮޅަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރުމުގެ ހިޔާލު ވެސް ފިކުރު ވެސް އެ ފަރާތްތަކުގެ ކިބައިގައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު ވެސް ކުއްޖަކު ސަފުން ދިނީ އޭނަ ކުރަހާލާފައި ގަމާއި ހުޅުދޫއާ ދެތެރޭގައި ބްރިޖެއް އަޅާލަދީފައި، އެކަމަކު ދަންނަވަންތޯ ވާހަކައެއް ގަމާއި ހުޅުދޫއާ ދެތެރޭގައި ބްރިޖުގެ ވާހަކަ އަޅުގަނޑުމެން މިހާ ލައިޓްކޮށް ނެގިޔަސް އަޅުގަނޑު މި ދަންނަވަނީ ރަނގަޅު ވާހަކައެއް، މީދޫ އާ ހިތަދޫއާ ދޭތެރޭ އަޅުގަނޑު ބްރިޖު އަޅާނަން، އެކަން ކުރަން އަޅުގަނޑަށް ފަސޭހަ،" ރައީސް ޔާމީން ވިދާޅުވި އެވެ. "މިއަދު އަޅުގަނޑަށް ކުޑަ ކުޑަ ކުއްޖެއްގެ ތަސައްވަރު އޭނަ ކުރަހާފަ އަޅުގަނޑަށް ދިނީ، ކުއްޖާއަށް އެކުއްޖާގެ މަންމައާ ބައްޕަ އޮޅުން ފިލުވާދީ އެ ކުއްޖާގެ ހުވަފެންވެސް ހަގީގަތަކަށް ހައްދަވައިދެއްވާނީ ރައީސް ޔަމީންއޭ،"

ރައީސް ޔާމީން ވިދާޅުވީ އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމުން އުފުލަން ޖެހޭ ބައެއް ދަތިތައް ހުރި ކަމަށާއި އެގޮތުން ފީތައް ދެއްކުމަށް ވެސް ހިތަދޫއަށް ދާން ޖެހޭ ކަމަށް ބުނެ ރަށު ރައްޔިތުން ކަންބޮޑުން ފާޅު ކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ އިންތިޒާމް ގާނޫނުގެ ތެރެއިން ހަމަޖެއްސި ދާނެ ކަމަށާއި ނަމަވެސް އޭގެ އިތުރުން ހުޅުދޫ މީދޫ ވެސް ސިޓީއަކަށް ނުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އެހެންކަމުން ދެވަނަ ދައުރެއްގައި ސިޓީ މިންގަނޑު ކުރާ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އައްޑޫ އަތޮޅަކީ ދެ ބައްރަކަށް އަތުރާލެވިފައި ރައްޔިތުން ދިރިއުޅޭ ތަނެއް، ހިތަދޫ ބައްރުގައި ސިޓީއަކަށް ވާއިރު އަޅުގަނޑަށް ނުވިސްނޭ ހުޅުދޫ މީދޫ ރައްޔިތުން އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ހިތަދޫ ސިޓީއަށް ގޮސް އެތަނުގައި ކައުންސިލުގައި އުޅެންވީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިޓީ ހަދާ އުސޫލަށް ބަދަލު ގެންނާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހުޅުދޫ މީދޫއަށް އިތުރު ވައުދުތަކެއް ވެވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވީ މި މަހު 23 ގައި އެމަނިކިފާނު ހޮވިއްޖެ ނަމަ މި އަހަރުގެ ނިމުމުގެ ކުރިން މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އޭގެ އިތުރުން ހުޅުދު މީދޫ މެދަަށް ވާ ގޮތަށް މި ޒަމާނުގެ ބޮޑު އިސްލާމިކް ސެންޓެރެއް އަޅުއްވާ ދެއްވުމަށް ވެސް ރައީސް ޔާމީން ވައުދުވި އެވެ.