overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަޅުގަނޑުގެ އަސްލު ސޫރަ ފެންނާނީ އިންތިހާބަށްފަހު: ރައީސް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގަދަފަދަ ކަމުގެ ބަދަލުގައި އިންސާނިއްޔަތު ވަންތަ އަސްލު ސޫރަ ފެނިގެން ދާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހުޅުދޫ މީދޫއަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕޯޑިއަމްތަކަށް އަރައި ގަދަފަދަކޮށް ވާހަކަފުޅު ދައްކަވާތީ ރައީސް ޔާމީންގެ އަސްލު އިންސާނީ ސޫރަ ދެއްކެވުމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަސްލު އިންސާނީ ސޫރައަކީ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީއަށް ދަތުރު ކުރާ ރައީސްއަށް ވުން ކަމަށާއި އެ ސޫރަ އާއި އިންސާނީ ކުލުނު އަންނަނީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ވަލިއުލްއަމްރެއްގެ ހައިިސިއްޔަތުން އެކަންކަން ފުއްދާ ދެވުމުން ކަމަށެވެ.

"އަޅުގަނޑުގެ އަސްލު ސޫރައަކީ އަޅުގަނޑު މި ކުރާ މަސައްކަތްކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވީއާ މި 23 ވަނަ ދުވަހު ނަގާ ވޯޓު ކާމިޔާބުކޮށްފައި ނޫނީ އަޅުގަނޑުގެ އަސްލު ސޫރަ ރައްޔިތުންނަށް ނުފެންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަސްލު ސޫރައަކީ ރައްޔިތުންނާއެކުގައި މަސައަކަތް ކުރައްވާ މީހެއް ކަމަށާއި ރައްޔިތުންނާ ހަވާލު ކުރި އަމާނަތް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރައްވާ މީހެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބަދަލުގައި ރައީސް ޔާމީންއަށް ވޯޓު ދެއްވަންވީ ރައްޔިތުންގެ އެ އުންމީދުތައް ފުއްދާ ދެއްވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.