overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް މާފުކުރާނަން: އިބޫ

ބޮޑެތި ގެއްލުންތަކެއް ލިބުނު ސުނާމީ ކާރިސާއާ ގުޅިގެން ދޫކުރި ލޯނުތައް އޭނާގެ ވެރިކަމެއްގައި މާފުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އއ. މަތިވެރީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސުނާމީއާ ގުޅިގެން ބައެއް ރައްޔިތުންނަށް ލިބުނު ގެއްލުންތައް ފޫބައްދަން ދޫކުރި ލޯނުތައް ނުދެއްކި، އިންޓްރަސްޓްގެ މައްޗަށް އިންޓްރަސްޓް އަރާފައިވާ ކަމަށެވެ. އެހެންވެ އެ ހުރިހާ ލޯނެއް މާފުކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ކަންކަން ކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ރައްޔިތުންގެ ބަސް ހޯދައިގެން ކަމަށެވެ. ރާއްޖެ ތަރައްގީ ކުރާނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަމަށެވެ. ބާރުތައް ކައުންސިލްތަކަށް ދީގެން ކަމަށް ވެސް އިބޫ ވިދާޅުވި އެެވ.

"ރާއްޖެ ތަރައްގީ ކުރަން ކޮންމެ މީހަކު ވެސް ބޭނުންވޭ، އެކަމަކު ރާއްޖެއަށް ލިބޭ އާމްދަނީއިން މިކަން ނުވަނީ ކީއްވެތޯ ބަލަން އެބަޖެހޭ، އެހެންވަނީ ބާރުތައް އެއް ތަނަކަށް ޖަމާވެފައި އޮންނާތީ، ކަންކަމުގައި ވަގުތުތައް ހޭދަވެގެން ދަނީ އެހެންވެ، ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރާއްޖެ ތަރައްގީ ކުރާނީ އެ ސަބަބާ ހުރެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގައި އުފާވެރި މަންޒަރުތައް ފެންނަމުންދާ ކަމަށާއި ބަދަލަކަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ހަމަޖެހިލައިގެން އުޅެވޭނެ ހަމަޖެހޭ ދިރިއުޅުމެއް ލިބުން ކަމަށެވެ.

"ވަރަށް އުފާވޭ، ރައްޔިތުންނާ އެކީގަ ރައްޔިތުންގެ ވޯޓާއެކީ ތާއިދާއެކު ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ ތަން އެބަ ފެނޭ،" އިބޫ ވިދާޅުވި އެވެ.