overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް މައާފުކޮށް ނުދެއްވާ ސުނާމީއާ ގުޅޭ ލޯނެއް ނޯންނާނެ: ޝައިނީ

ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުންނަށް ސަރުކާރުން ދޫކުރި ލޯނުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މައާފުކޮށް ދެއްވާފަ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ސުނާމީއާ ގުޅިގެން ރައްޔިތުން ނަގާފައިވާ ލޯނުތައް މައާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އިބޫ މިއަދު އއ. މަތިވެރީގައި ވިދާޅުވީ، ސުނާމީއާ ގުޅިގެން ބައެއް ރައްޔިތުންނަށް ލިބުނު ގެއްލުންތައް ފޫބައްދަން ދޫކުރި ލޯނުތައް ނުދެއްކި، އިންޓްރަސްޓްގެ މައްޗަށް އިންޓްރަސްޓް އަރާފައިވާ ކަމަށެވެ. އެހެންވެ އެ ހުރިހާ ލޯނެއް މާފުކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ މީގެ ދެ ހަފުތާއެއްހާ ކުރިން ރައީސް އަބްދުﷲ ޔާމީން ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު މައާފުކޮށް ދެއްވާފައިވާ ކަމަށެވެ. އެގޮތަށް ރައީސް ނިންމެވީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަަރަށް ބޮޑަށް ލިބުމާ ގުޅިގެން ކަމަށެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އެ ލޯނުތައް ދޫކޮށްފައިވަނީ 452 މީހަކަށެވެ. އެއީ 18 މިލިއަން ރުފިޔާގެ ލޯނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ދިރިއުޅުން އާރާސްތުކުރުމަށް ދޫކުރި އެ ލޯނުތައް ނުދެއްކުމުގެ ސަބަބުން އިންޓްރެސްތާއި ޖޫރިމަނާތައް އެރި ކަމަށެވެ. އެގޮތުން މިހާރު އެ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނީގެ އަދަދު 21.3 މިލިއަނަށް އަރާ ކަމަށް ޝައިނީ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވީ އެ ލޯނުތައް ދެއްކުމަށް ނުވަތަ ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އެ ލޯނުތައް ނެގި މީހުންގެ ދަރިން އޭގެ ޒިންމާ ނަގަންޖެހި މިހާރު އެކަން ބައެއް މީހުންނަށް ވަރަށް ބޮޑު ބުރަޔަކަށްވެފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އައި ރިކުއެސްޓެއް އެއީ އެ ލޯނުތައް މާއަފުކޮށް ދިނުން، އެހެންވެ ކެބިނެޓްގަ މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ނިންމަވާފަ އެ އޮތީ އެ ލޯނުގެ ހުރިހާ އެއްޗެއް މައާފުކޮށް ދެއްވަން، އެއީ ދައުލަތަށް ލިބޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާތި އަދި އެއްވެސް ސަރުކާރަކުން މިހާތަނަށް އެ ހޯދަން މަސައްކަތް ކޮށްފައިނުވާތީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން މައާފުކޮށް ދެއްވައި އޮތް އެއްޗެއް އިބޫ އަލުން މައާފުކޮށް ދެއްވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. ސުނާމީއާ ގުޅޭ އެއްވެސް ލޯނެއް މިހާރު މައާފުނުކޮށް ނޯންނާނެ ކަމަށް ތަކުރާރުކޮށް ޝައިނީ ވިދާޅުވި އެވެ.