overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަބުރު ކަތިލިޔަސް މިހާރު ޖެހިލުމެއް ނުވޭ: ރައީސް

އަބުރު ކަތިލެއްވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ މިހާރު ޖެހިލުވެވަޑައި ގަންނަވާ ކަންކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަަތުތަކެއް އަޅުވާ ލިޔެކިޔުންތަކެއް ދައުރުވަމުންދާ ކަމަށާއި އެ ވާހަކަތަކާ ގުޅިގެން ބައެއް ހަބަރުތައް ވެސް މީޑިއާތަކުން ގެނެސްދީފައިވާ ކަމަށެވެ. ދައުލަތެއްގެ ވެރިއަކަށް ހުންނަ މީހެއް ނަމަ އެފަދަ ތުހުމަތުތަކެއް ވެސް އަންނާނެ ކަަމަށާއި ނަމަވެސް އިލްޒާމްތައް އަޅުވާ އިރު ކޮންމެވެސް ހައްދެއް އޮންނާންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބްރޯއެއް ބްރޯއަކަށް ދައްކާ ވާހަކަ، ރައީސް ޔާމީން ބޮލުގައި ކޮންމެވެސް ކަމެއް އަޅުވާ ވާާހަކަ، މާތްކަލާއްކޯ، ރައީސް ޔާމީން މިއަދު މި ހުރީ ހަމަ ހުރިހާ ކަމެއް ވެސް ބޮލުގައި އަޅައިގެން،" ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނިސްބަތް ކުރައްވާ ރައީސް ޔަަމީން ވިދާޅުވި އެވެ.

މިހާރު ވެސް ޑޮކިއުމަންޓުތަކެއް ހަދައިގެން އުޅުއްވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ނަސްރު ލިބޭނީ ހައްގަަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާަމީންގެ އަބުރު ކަތިލެއްވުމަށް އެތެރެއިންނާއި ބޭރުން ފައިސަތައް ހަރަދު ކުރައްވާ ކަމަށާއި ނަމަވެސް އެއީ ޖެހިލުންވެވަޑައިންނަވާނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އަދިވެސް މި ހުރީ ރައްޔިތުން ކުރިމަތީ ރައްޔިތުންގެ ހިދުމަތުގައި ނޫންތޯ" ރައީސް ޔާމިން ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ ވޯޓާ ހަމަޔަށް ދާއިރު އެ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން، މިހާރު އޭގެ ކޮޅު މަތި އެ ފެންނަނީ، ކޮންމެ ފަދަ ޑްރާމާއެއް ކުޅެފާނެ، ކޮންމެ ފަދަ ފިލްމެއް މޮޅު ތަންތަނުގެ މީހުން ހަދާނެ،"

ހިތްދަތިކަމާއެކީގައި ރައީސް ޔާމީންގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ސުވާލުތަކެއް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ރާއްޖޭގައި ބާއްވާ އިންތިހާބެއްތޯ ނުވަތަ ބޭރު ގައުމުތަކުން ބޭނުންވާ ގޮތަށް ބާއްވާ އިންތިހާބެތޯ ރައީސް ވިދާޅުވި އެވެ. އެކަންކަމާ ބެހޭ ގޮތުން ޒުވާނުންނާއި އެންމެހާ ރައްޔިތުން ނުވިސްނަނީ ކީއްވެގެންތޯ އާއި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ބޭނުން ނުވަނީތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަމާ ނުވިސްނާ އިދިކޮޅު ފަރާތްތަކާއެކު ދިވެހިންނަށް މަގުދެއްކުމަށް ތިއްބެވި ބައެއް އިލްމުވެރިންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަރާތްތައް ތިބުމުން ހިތްދަތިވެވަޑައިގަންނަވާ ކަމަށެވެ.