overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އައިސީޓީ މަޖުބޫރު މައްދާއަކަށް، ރައީސްގެ ތައުލީމީ އާ ވައުދުތަކެއް

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓާ ސްޓަޑިޒް މަޖުބޫރު މާއްދާއަކަށް ހަދައި ތައުލީމީ އާ ވައުދުތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެވަޑައިގެންފި އެވެ.

އައްޑު ސިޓީ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތައުލީމީ ދާއިރާގައި ދިވެހި ދަރިވަރުންގެ މަންހަޖަކީ ހަމައެކަނި ފޮތުން ކިޔަވާ މަންހަޖެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ވަޒީފާއަށް ނިކުންނަ އިރު އެކަމަށް ތައްޔާރަށް ތިބޭނެ ފަދަ ކުދިންނަށް ހަދަން ޖެހޭ ކަމަށް ރައީސް ޔާމީން ވީދާޅުވި އެވެ. އައިސީޓީ ދާއިރާގަ އާއި އެޕްސް ޑިވަލޮޕް ކުރުމުގެ ދާއިރާއަށް އަހުލުވެރި ކުދިން ނުވަތަ އެ ދާއިރާގައި ކުރިއެރުން ހޯދާ ކުދިން ދިވެހިންގެ ތެރޭގައި އުފެދެން ވެސް ބޭނުންވާ ކަމަށާއި އެގޮތުން އައިސީޓީ މަޖުބޫރު މާއްދާއަކަށް ހެދުމަށް ނިސްނާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު އެބަ ހިޔާލަށް އާދޭ އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތެރެއަށް އިރާދަކުރެއްވީއާ އައިސީޓީ މަޖުބޫރު ކުރާނަން، އައިސީޓީއާ ނުލާ ދުނިޔޭގައި ތަހުޒީބުވެފައި ހުރި ގައުމުތަކުން ކުރާ މަސައްކަތްތަކެއް ނުކުރެވޭނެ، އަޅުގަނޑުމެން ދެން ބްރީޑު ކުރަންވީ އެޕްސް ޑިވަލޮޕް ކުރާނެ ކުދިން، އެއީ އައިސީޓީ މަންހަޖުގެ ތެރެއަށް ދާންވީ ސަބަބަކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އާ މެނިފެސްޓޯގައި ދައްކަނީ މިހާާރު ދެމުންދާ ސްކޮލަޝިޕްތައް ދެގުނަ ކުރާ ވާހަކަތައް ކަމަށެވެ. އެގޮތުން ފަންނީ ނުވަތަ ހުނަރުވެރި މަސައްކަތްތަކަށް ވެސް އަންނަ ދައުރެއްގައި ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ކޮންމެ އަހަރަކު 100 ކުދިންނަށް ސްކޮލަޝިޕް ދެއްވާނެ ކަމަށް ރައީިސް ޔާމީން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ވާދަވެރި އިންތިހާބުތަކުގައި ދިވެހި ދަރިން އެއްވަނަ އެބަ ހޯދާ ކަމަށާއި އެއީ ގައުމަށް ލިބޭ ޝަރަފެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވައުދުވަނީ ކޮންމެ ރަށެއްގެ ފެންވަރުގައި ތައުލީމީ ނިޒާމް ކުރިއެރުވުމަށް ކަމަަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް ނަހައްދަވާ ދިވެހިން ތިބެންވީ ދުނިޔެ ފެންވަރުގައި ވާދަ ކުރާ ބައެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޒުވާނުންގެ ތެރެގައި ފަންނުވެރި ކުދިން ހުރި ކަމަށާއި އެކުދިން ދާން ބޭނުންވާ ދިމާލަށް ދިޔުމަށް ފުރުސަތު އޮތް ކަަމަށް އިދިކޮޅު ފަރާތްތަކުން ވައުދުވެވަޑައިގަންނަވާފައިވާތީ ރައީސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ އެއްވެސް އޮއްޓަރެއް ހުރި ވައުދެއް ނޫން ކަމަށާއި 2019 ވަނަ އަހަރު ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ގެންނަ ވާހަކަތައް މާ ރަނގަޅުވާނެ ކަމަށެވެ. އަދި އެކަންކަމަށް ވިސްނެވުމަށް ފަހު ވޯޓު ދެއްވުމަށް އެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.