ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ފައިސަލް ނަސީމް މެލޭޝިއާއަށް ވަޑައިގެންފި އެވެ.
މެލޭޝިއާގެ ދަތުރާ ގުޅޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ކަމަށެވެ. އަދި އެ ދަތުރު ނިންމާލުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
ފައިސަލް މެލޭޝިއާއަށް ވަޑައިގަންނަވާފައިވާއިރު، އެއް ފޮއްޓަކަށް އެންމެ ގިނަ މިހުން ވޯޓްލާން ހަމަޖެހިފައިވަނީވެސް މެލޭޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުގައި ބަހައްޓާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓްލުމަށް 1858 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ފައިސަލް މެލޭޝިއާގައި ކެމްޕެއިން ކުރައްވަމުންގެންދަވާ އިރު، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު
ސޯލިހު (އިބޫ) ގެންދަވަނީ ކެމްޕެއިނަށް އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ހިންނަވަރާއި، ހަތަރު އަތޮަޅަކަށް ދަތުރު ކުރައްވަމުންނެވެ.