overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ ބޮޑުފުޅަދޫގައި: ޒަމާނީ މިސްކިތަކާއެކު ބޯހިޔާވަހިކަން ދޭނަން

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމްވެއްޖެނަމަ ކޮށްދޭނެ ކަންކަން ހިއްސާ ކުރައްވައި އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އއ. ބޮޑު ފުޅަދޫއަށް ގިނަ ވައުދުތަކެއްވެވަޑައިގެންފި އެވެ.

ބޮޑުފުޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ބޮޑުފުޅަދޫއަށް ވަރަށް ގިނަ ކަންކަން ބޭނުންވާ ކަމަށާއި އެގޮތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. ގޯތި ބޭނުންވާ އެތައް ބަޔަކަށް ވަނީ ބޯހިޔާވަހިކަން ނުލިބި އެކަމަށް ދަތިވެފައި ކަމަށް އިބޫ ވިދާޅުވި އެވެ.

"އެގޮތުން އިދިކޮޅު ސަރުކާރެއްގައި މިރަށުން ހިއްކެން އޮތް ބިން ބަލައި ދިރާސާ ކުރުމަސްފަހު، މިރަށުގެ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރެވިގެންދާނެ، މިކަމަކީ ވަރަށް އިސްކަންދޭނެ ކަމެއް، މިރަށަކީ ގޯތި ލިބުން ދަތި، ގެސްޓް ހައުސްގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ރަށަކަށްވެފައި ބިމުގެ ދަތިކަން އެކަމުގައިވެސް އޮތީމަ، އެހެން ކަމުން އެންމެ ފުރަތަމަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި މިރަށުން ގޯތި ދޫކުރެވި، އެހެން ކަންކަމަށްވެސް އެބިން ދޫކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އެންމެ ފުރަތަމަ ކޮށްދޭ ކަންތައްތަކުގެ ތެރޭގައި ސުކޫލުތައް ތަރައްގީ ކުރުމާއި ސިއްހީ މަރުކަޒުތަކުން ލިބެންޖެހޭ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭ ގޮތަށް ސިއްހީ މަރުކަޒުތައް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒަށް ބޭނުންވާ ލެބޯޓަރީ ގާއިމް ކުރެވި ރަށުގައިި ތިބެގެން ރަނގަޅު ސިއްހީ ހިދުމަތްތައް ލިބޭ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ސުކޫލަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި ސުކޫލަށް ބޭނުންވާ ހަތަރު ކްލާސްރޫމް އަޅައި ސްކޫލުގެ ކިޔެވުން މިހާރަށްވުރެ ރަނގަޅު ކުރެވި ދަރިންނަށް ތައުލީމް ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ބޮޑުފުޅަދޫއަށް ކޮށްދޭން އިތުރު ކަންތައްތައްވެސް އިދިކޮޅު ވެރިކަމެއްގެ ސިޔާސަތުގައި އެބަހުރި ކަމަށާއި އެގޮތުން އެރަށުގައި ރަނގަޅު ފެންވަރުގެ ބޮޑު މިސްކިތެއް އަޅައި ޒަމާނީ މިސްކިތެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެކަންކަން ކުރެވެން އަންނަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށާއި އިންތިހާބ ކާމިޔާބު ކުރާނީ މުޅި ރާއްޖޭގެ ތާއީދާއެކު ބޮޑު އަގުލަބިއްޔަތަކުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިންތިހާބު މިއަދު މިވަނީ ކުޑަތަންވެފައި ކަމަށާއި އެދުވަހު ވީހާވެސް އަވަހަކަށް ނިކުމެވަޑައިގެން ވޯޓް ދެއްވުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ.