overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޏ. ފުވައްމުލަކަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެ ސަލާމް ކުރެއްވުމަށް ސަފު އަތުރާލާފަ އެވެ.

މި ދަތުރުފުޅުގައި އެރަށުގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރައްވަން ނިންމާފައިވާއިވަނީ މިރޭ އެވެ. އިފްތިތާހް ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެރަށުުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާއާ އެއްގަމު ތޮށިހެދުމުގެ މަޝްރޫއާ ފްލެޓްތައް އިފްތިތާހް ކުރުމުގެ އިތުރުން ނޭޗާ ޕާކާ ނިމުންވެސް އިފްތިތާހް ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުހާތަބުވެސް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު، އިއްޔެ ވަނީ އައްޑު އަތޮޅުގެ އެކި އަވަށްތަކަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ހިންގަވާފައިވާ ގިނަ މަޝްރޫއުތަކެއް އިފްތިތާހްކޮށްދެއްވާފަ އެވެ. އައްޑޫ ދަތުރު ނިންމާލައްވާފައިވަނީ މިއަދު އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އުފަން ރަށް، ފުވައްމުލަކަށް ރައީސް ޔާމީން މިއަދު ވަޑައިގެންފައިވާއިރު މިދިޔަ މަހުގެ ތެެރޭގައި ވަނީ އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ އެރަށަށް ވަޑައިގެން ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަވާފަ އެވެ.