overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މެލޭޝިޔާގައި އުޅޭ ގިނަ ދިވެހިންގެ ތާއީދު އިބޫއަށް

Sep 14, 2018
8

މެލޭޝިޔާގައި ދިރިއުޅޭ ގިނަ ދިވެހިން އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމްއާ ބައްދަލުކޮށް އެ މީހުންގެ ތާއީދު އޮތްކަން ހާމަކޮށްފި އެވެ.

މެލޭޝިޔާގައި ތިބި ދިވެހިންގެ ތާއީދު ހޯއްދެވުމަށް ރަނިންމޭޓް ފައިސަލް ނަސީމް މިހާރު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މެލޭޝިޔާގައި ތިބި ދިވެހިންނަށް ދައުވަތު ދީގެން މެލޭޝިޔާގެ ޕާކް ރޯޔަލް ހޮޓަލްގެ ހޯލްގައި ބޭއްވި ޑިނާނައިޓްގައި ގިނަ ދިވެހިން ބައިވެރިވި އެވެ. އަދި އެ ޑިނާޏައިޓްގައި ފައިސަލް ވަނީ ގިނަ ދިވެހިންނާ ބައްދަލު ކުރައްވައި އެ މީހުންގެ ވާހަކަތައް އަޑު އައްސަވައިފަ އެވެ. އެ ބައްދަލުވުމުގެ ތެރެއިން އެމްޑީޕީގެ ބައެއް އިސްވެރިންނާއި ޖުމްހޫރީ ޕާޓީގެ އިސްވެރިން ބައިވެރިވެ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގެ ސިޔާސަތުތައް ބައްދަލުވުމުގެ ބައިވެރިންނަށް ކިޔައިދިނެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ، މެލޭޝިޔާއަށް ކުރެއްވި ދަތުރުގެ ސަބަބުން، އެތަނުގައި ތިބި ގިނަ ދިވެހިންގެ ތާއީދުއޮތްކަން ހާމަވާ ކަމަށާއި އިދިކޮޅު ވެރިކަމެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ފަސޭހަވާނެ ފަދަ ސިޔާސަތުތައް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި 500 އަށް ވުރެ ގިނަ ދިވެހިން ބައިވެރިވި އެވެ. އެއް ފޮއްޓަކަށް އެންމެ ގިނަ މިހުން ވޯޓްލާން ހަމަޖެހިފައިވަނީވެސް މެލޭޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުގައި ބަހައްޓާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓްލުމަށް 1858 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ފައިސަލް މެލޭޝިއާގައި ކެމްޕެއިން ކުރައްވަމުންގެންދަވާ އިރު، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު
ސޯލިހު (އިބޫ) ގެންދަވަނީ ކެމްޕެއިނަށް އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ހިންނަވަރާއި، ހަތަރު އަތޮޅަކަށް ދަތުރު ކުރައްވަމުންނެވެ.