overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މެލޭޝިޔާއިން އިބުރަތް ލިބިގަނެ ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭ: ފައިސަލް

މި ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ވަރުގެ ކޮރަޕްޝަން އެ ނިސްބަތުން މެލޭޝިޔާގައި ވެސް ހިނގާފައިނުވާ ކަމަށާއި މެލޭޝިޔާއިން އިބުރަތް ލިބިގަނެ. ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކުއާލަމްޕޫރުގެ ޕާކް ރޯޔަލް ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި، އެގައުމުގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ، ދިވެހީންނަކީ މުސްލިމުން ކަމަށާއި އުޅެންޖެހޭނީ އުހުއްވަތްތެރި ބައެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ފެނިގެން މިދަނީ އޮންނަން ޖެހޭ ގުޅުންތަކަށް ބުރޫ އަރާމަންޒަރުތައް ކަމަށާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކަންތައްތައް ކުރެވިގެންދާ މަންޒަރު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ސަރުކާރެއްގެ ކޮރަޕްޝަންގެ ވާހަކަ އަޅުގަނޑަކަށް ހިޔެއްނުވޭ އަޅުގަނޑުމެންގެ ގައުމުގައި މި ހިނގައިގެން ދިޔަވަރަށް ނިސްބަތުން އަޅުގަނޑުމެން ދަންނަވާނީ މި މެލޭޝިޔާގައިވެސް ނިސްބަތުން ހިނގާފައެއް ނެތޭ، އެހެން ނަމަވެސް އަޅުގަނޑުމެން ވަރަށް ފޯރީގައި ބަލަމުންދިޔައީ މި މެލޭޝިޔާގެ ވޯޓްގެ ކަންތައްތައް ދުނިޔޭގެ ކޮން ގައުމަކުން އިންތިހާބުގައި ކޮރަމްޝަނަށް މަރުހަބާ ކިޔާފައި އޮތީ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކަށް ލިބުނު އެންމެ ފުރުސަތެއްގެ ބޭނުން ހިފައި ކޮރަޕްޝަނަށް ނޫނެކޭ ބުނެ އެކަންތައްތައް ހުއްޓުވާލާފައިވާ ކަމަށާއި އެކަމުގެ އެންމެ އަލަގަދަަ އެއް ހެއްކަކީ މެލޭޝިޔާ ކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް، އަޅުގަނޑު އެންމެހާ ޒުވާނުންނަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި މައިންބަފައިންނަށް ގޮވާލަނީ ތިބޭފުޅުން މިކަމާ ވިސްނަވާ، ދިވެހި ގައުމުގެ ތާރީހުގައި ދުވަހަކުވެސް ނުދެކޭފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގައުމުގެ ތަރައްގީ ހަގީގަތުގައި މިދަނީ ދާންޖެހޭ ސްޕީޑާ ގާތަކަށްވެސް ނޫން، ކުރިއަކަށް ނުދޭ، މިކަންތައްތައް ބަދަލުކުރެވެންއޮތް ހަމައެކަނި ފުރުސަތަކީ ހަމައެކަނި ގޮތަކީ މިކަމަށް ނިމުމެއް ގެނެސްގެން،" ފައިސަލް ވިދާޅުވި އެވެ.

"އެންމެހާ ބޭފުޅުންނަށް ގޮވާލަން އިތުރު މަސައްކަތްތަކެއް ކޮށް އަޅުގަނޑުމެން 23 ސެޕްޓެމްބަރުގައި މިލާ ވޯޓުން، އިބްރާޙިމް މުހައްމަދު ސޯލިހް، ކެނޑިޑޭޓް ނަމްބަރު ދޭކަށް ވޯޓް އަޅައި މިކަންތައްތައް އަޅުގަނޑުމެން މުޅި ގައުމުގެ ހައްގުގައި މުޅި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންގެ ޅަދަރީންގެ ހައްގުގައި މާދަމާގެ ޖީލުތަކުގެ ހައްގުގައި އަޅުގަނޑުމެން ކާމިޔާބު ކުރަންޖެހޭ،"

ފައިސަލް ވިދާޅުވީ، ރައްޔިތުން ދަރަނިވެރިވާ ގޮތަށް ލޯން ނަގައިގެން ކަންތައްތައް ކުރަމުންދާ ކަމަށާއި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަންކަން ކުރަނީ އެންމެ އެދެވޭ ގޮތަށް ދެފުށް ފެންނަ ގޮތަށްތޯ ބަލަން ޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ހަގީގަތަކީ އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަން މާ މައްޗަށް ގޮސްފައިއޮތީ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކަކީ، ކޮރަޕްޝަން މާ މައްޗަށް ދިޔައީ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ އިމާރާތެއް އަޅައިފިނަމަ އޭގެ ތިންގުނަ ކޮންމެވެސް އެހެން ގޮތަކަށްދާ ވާހަކަ، ނުވަތަ ބްރިޖް އަޅައިފިނަމަ އޭގެ ދެގުނަ ނަގާވާހަކަ، ނުވަތަ ކޮންމެވެސް ހޭދައެއް ކުރާވާހަކަ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ވިސްނަން ޖެހޭ ވަރަށްވެސް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ހެޔޮނިޔަތެއްގައި ތެދުވެރި އަދި އަމާނާތްތެރިކަމާއެކު ގައުމުދެކެ ލޯބިން ކަންކަން ކޮށްދޭކަމަށްވާނަމަ ރާއްޖެ ވާނީ ވަރަށް ފުރިހަމައަށް ފުރިހަމައަށް މެނޭޖް ކުރެވޭނެ ގައުމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިބޫއާއެކު 15 ވަރަކަށް އަހަރު މަސައްކަތް ކުރެވިއްޖެ ކަމަށާއި ރާއްޖޭގެ ޕާލިއަމަންޓްރީ ހަޔާތުގައި އިބޫފަދަ ހިކުމަތްތެރި އަދި ރައްޔިތުންނާއި ދޭތެރޭ ވިސްނާ ބޭފުޅަކު ދެކިފައިނުވާ ކަމަށެވެ. އިބޫގެ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއްނެތް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"މާޒީގައި އެއްވެސް ވަރެއްގެ އަނިޔާވެރިކަމެއް މީހެއްގެ މައްޗަށް ވެފައެއް ނެތް، ހިޔާނާތުގެ އެއްވެސް އަމަލެއް ނެތް، އެއީ މިއަދު އަޅުގަނޑުމެން ހިޔާރު ކުރަންވީ ސަބަބު، އަނެއް ފަރާތުން މިފެންނަނީ މިއަދު ހަގީގަތުގައި އަޅުގަނޑުމެން މިބަދަލު ގެންނަން ބޭނުންވާ ސަބަބު، އަޅުގަނޑުމެން އިންޑިއާގައި އުޅޭ ރައްޔިތުންނާއި ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި މެލޭޝިޔާއިން މިއަދު މި ބައްދަލުވާ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ ހުރިހާ ރައްޔިތުން ބޭނުންވަނީ ހަމަ އެންމެ ކަމަކަށް،" ފައިސަލް ވިދާޅުވި އެވެ