overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޕީޕީއެމްގެ ބޮޑު ޖަލްސާގައި މެނިފެސްޓޯ ހާމަ ކުރާނަން: ރައީސް

ޕީޕީއެމް އިން ބާއްވާ ބޮޑު ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފުވަމުލަކު ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގިނަ މަސައްކަތްތަކެއްކޮށް ގިނަ ތަހުލީލުތަކެއް ކުރުމަށް ފަހު މިހާރު މެނިފެސްޓޯ ތައްޔާރު ކުރެވިފައިވާ ކަމަށާއި އޭގެން އެތަށް ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ފަދަ މެނިފެސްޓޯއެއް ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި އެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެނިފެސްޓޯގައި ލިޔާނީ ކުރެވޭނެ ކަންކަން، އަދި ގަބޫލު ކުރެވޭނެ ކަންކަން ރައްޔިތުންނަށް އެތަށް ފަސޭހައެއް ލިބިގެންދާނެ ވާހަކަތަކަކަށް ވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯ މިހާތަނަށް އާންމު ނުކުރި ނަމަވެސް ރަށްރަށަށް ކުރަައްވާ ދަތުރުފުޅުގަކުގައި މެނިފެސްޓޯގެ ބައިތައް އެމަނިކުފާނު ގެންދަވަނީ ހާމަ ކުރައްވަމުންނެވެ. އެގޮތުން މިހާރު ވެސް ވަނީ ބޮޑެތި ބައެއް މަޝްރޫއުތައް އާންމު ކުރައްވައިފަ އެވެ.

ބޮޑު ޖަލްސާގައި މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކުން ވެސް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް އަދިވެސް އާންމެއް ނުކުރެ އެވެ.