ހަބަރު

ސީއައިއާރުޕީން ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

Sep 15, 2018

ސްރީލަންކާގެ ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީ އިން ދިވެހި ދަރިވަރުންނަށް ގިނަ އަދަދެއްގެ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތުތައް ފަހިވީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ސޯސަން ވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އާއި ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީ (ސީއައިއާރުޕީ) އާއެކުވި އެއްބަސްވުމެއްގެ ދަށުންނެވެ.

ސީއައިއާރުޕީއާއެކުވި އެއްބަސްވުމާއެކު ކޯސް ފީ ނުނަގާ ގޮތަށް ފުލް ސްކޮލަޝިޕްގެ 20 ސްކޮލާޝިޕާއި ކޯސް ފީން 40 ޕަސެންޓް ޑިސްކައުންޓް ލިބޭ ގޮތަށް 34 ސްކޮލާޝިޕެއް ދިވެހި ދަރިވަރުންނަށް ދޭނެ އެވެ.

ސްކޮލާޝިޕްތައް އެފަރާތުން ދޭން ނިންމާފައިވާ ދާއިރާތަކަކީ އިންޓަނޭޝަނަލް ފައުންޑޭޝަން ޑިޕްލޮމާ އާއި، ޑިޕްލޮމާ އޮފް ހަޔާ އެޑިއުކޭޝަން އިން ސައިކޮލޮޖީ އާއި، ޑިޕްލޮމާ އޮފް ހަޔާ އެޑިއުކޭޝަން އިން ބިޒްނަސް އަދި ޑިޕްލޮމާ އޮފް ހަޔާ އެޑިއުކޭޝަން އިން ހޮސްޕިޓޭލިޓީ އެވެ.