overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނިހާންގެ ސުވާލެއް: އަދާލަތުގެ މެނިފެސްޓޯއަށް އެއްބަސްވެވޭވެތަ؟

ގުޅިފައިވާ ޕާޓީތަކުން އަދާލަތު ޕާޓީގެ މެނިފެސްޓޯ ގަބޫލު ކުރެއްވިތޯ ސާފުކޮށްދިނުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އަަދާލަތު ޕާޓީ އިން އެދިވަޑައިގެންނެވި ކަންކަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނުމަށް ނިންމައިފިތޯ ނުވަތަ ނޫންތޯ މީޑިއާގައި ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ. އެއީ ރާއްޖޭގައި އޮންނަނީ ހަމައެކަނި އިސްލާމް ދީން ކަމާއި މި ގައުމުގައި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންތައްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ބުނެ އަދާލަތުން ތައްޔާރުކޮށްފައިވާ ލިޔުން އިދިކޮޅު އެމްޑީޕީ އިން މެނިފެސްޓޯގައި ނުހިމަނަން ނިންމާފައިވާ ކަމުގެ ހަބަރު ލިބިފައިވާތީ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީގެ އެއްވެސް މަޝްވަރާއާ ނުލާ އެކަންކަން ކުރައްވާފައި ނުވާތީ އެކަން މީޑިއާތަކުގައި ހާމަކޮށްދިނުމަށް
އެދޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"ކުޑަކޮށް ބައްލަވާ ދެއްވާ ތިބޭފުޅުން [އަދާލަތުން] އެދިވަޑައިގެންނެވި ކަންކަން އިބްރާހިމް މުހައްމަދު ސޯލިހު އަތްޕުޅަށް އެރުއްވީމާ އެމަނިކުފާނު ގެންގޮސް ކޮޅުނބުގައި ހުންނަވާ އެ ބޭފުޅުންގެ ރޫހާނީ ލީޑަރު ނަޝީދަށް ދެއްކެވީމަ ގަބޫލުފުޅު ނުކުރައްވާ ވީދާލާފައި ޑަސްބިނަށް އަޅާލިކަމުގެ ހަބަރޭ އަޅުގަނޑުމެންނަށް މި ލިބެނީ،" ނިހާން ވިދާޅުވި އެވެ.

އެ މައްސަލާގައި ޕީޕީއެމް އިން ކަންބޮޑުވަނީ ރާއްޖޭގައި އެންމެ މީހުން ގިނަ ޕާޓީއަށްވެފައި، ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރަން ބޭނުންވާތީ ކަމަށާއި ދީން ހިޔާމަތް ކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމުގެ ބޭނުމުގައި ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވި އިރު އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ ހުރިހާ ޕާޓީތަކުން އެއްބަސްވާ މެނިފެސްޓޯއެއް ތައްޔާރުކޮށްފައިވަ ކަމަށެވެ. ނަމަވެސް އެ މެނިފެސްޓޯއެއް އަދި އާންމެއް ނުކުރެ އެވެ. އަދި އިންތިހާބަށް ހަފްތާއަކަށްވެފައިވާ އިރު ވެސް މެނިފެސްޓޯ އާންމު ކުރާނެ ތާރީހެއް ވެސް ނުބުނެ އެވެ.