overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އިބޫ ވައުދުވެވަޑައިގެންފި

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

އިބޫ އެކަމަށް ވައުދުވެވަޑައިގަތީ، އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމަށް ހުރަސް އަޅާ ފަރާތްތަކަށް ދައުވާ ކުރަން
އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް އިބޫ އާއި ރައީސް އަބްދުﷲ ޔާމީން ވައުދުވާން ޖެހޭ ކަމަށް ބުނެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔައެއް ކަމަށްވާ، އާރްއެފްއެސް އިން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އިބޫ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލާގައި ހުޅުވާލެވިފައިވާ ތަހުގީގެއް ކުރުމަށާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު އުވާލުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވައުދުވާ ކަމަށެވެ.

އިބޫ މީގެ ކުރިން ވެސް ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔަބު ކުރައްވައިިފި ނަމަ އެ މައްސަލަތައް ތަހުގީގުކޮށް، ނޫސްވެރިންނަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.