ހަބަރު

ފުވަމުލަކުގައި މީހެއް ކަރަށް ވަޅިއެއް ހަރައިފި

ފުވަމުލަކު ސިޓީގައި މާރަމާރީއެއް ހިންގާ، މީހެއް ގަޔަށް ވަޅިއެއް ހަރައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 8:21 ގައި ކަމަށެވެ. އަދި ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.

ޒަހަމްވީ މީހާގެ ހާލު ސީރިޔަސްއެއް ނޫން ކަމަށްވެ އެވެ. ނަމަވެސް އޭނާގެ އަރިކައްޓަށާއި ކަރަށް ވަޅި ހަރާފައިވެ އެވެ.