overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ތަޖުރިބާ ނެތް ކަމަށް ބުނާ ވާހަކައަށް ވައްޑެގެ ރައްދެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ގައިގައި ތަޖުރިބާ ނެތް ކަމަށް ރައީސް އަބުދުﷲ ޔާމީނަށް ތާއިދު ކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށް ތާއިދުކުރައްވާ ބޭފުޅުން އިބޫގެ ތަޖުރިބާ ނެތް ކަމަށް ބުނަމުން ގެންދާ ކަމަށާއި، އިބޫ ތަޖުރިބާ ކުރައްވަނީ މުޅީން ތަފާތު ކަންކަން ކަމަށެވެ. އެގޮތުން އިބޫ ގައިގައި ނެތް ތަޖުރިބާތަކެއްގެ ގޮތުގައި ވައްޑެ ވަނީ ބައެއްކަންކަން ވިދާޅުވެދެއްވާފަ އެވެ.

"ތަޖުރިބާ ނެތީ ކޮން ކަމެއްގައިތޯ. އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ ގައިމުވެސް ވައްކަންކުރުމުގެ ތަޖުރިބާއެއްނެތް. ކޮރަޕްޝަނާއި ފަސާދައިގެ ތަޖުރިބާއެއްވެސް ނެތް. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ތަޖުރިބާއެއްވެސް ނެތް. އަދުލު އިންސާފު ގާއިމް ނުކުރުމުގެ ތަޖުރިބާއެއްވެސް ނެތް. ހަމަހަމަކަން ނެތިގެންދާ ތަޖުރިބާއެއްވެސް ނެތް. މަޝްވަރާގެ އުސޫލެއް ނެތް ކަމުގެ ތަޖުރިބާއެއްވެސް ނެތް. މިހެންގޮސް އަޅުގަނޑު ދަންނަވާނީ، މަގާމާއި، ނުފޫޒުގެ ބޭނުން ކުރައްވައިގެން، ލިބިފައި ހުންނަ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމުގެ ތަޖުރިބާއެއްވެސް ނެތް،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، މިކަހަލަ ތަޖުރިބާ ތަކަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ފަރާތުން ފެންނަން ބޭނުންވާ ތަޖުރިބާ ތަކެއް ނޫން ކަމަށެވެ. އަދި އެސޫރައެއްވެސް އެގޮތަށް ބަލާކަށް ބޭނުމެއް ނޫން ކަމަށެވެ. ފެންނަމުން މިދަނީ ދެ ކެނޑިޑޭޓެއް ކަމަށާއި، ދެ ބޭފުޅުންވެސް ވާހަކަ ދައްކަވަމުން ގެންދަނީ ތަފާތު ގޮތަކަށް ކަމަށް ވައްޑެ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެއް ކެނޑިޑޭޓަކު ވާހަކަ ދައްކަމުން ދަނީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި، ކުރެވިފައި ހުރި ގާނޫނު އަސާސީއާއި ގާނުނުތަކާއި، ހިލާފު ވެފައި ހުރި ކަންތައްތަކުގެ އިއުތިރާފުގެ ބަސްތަކެއް ކަމަށް ވައްޑެ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އިބޫ ގެންދަވަނީ ކުރިޔަށް އޮތް ފަސް އަހަރުގެ ޕްލޭން ވަރަށް ރީތިކޮށް ވިދާޅުވަމުން ކަމަށާއި، އިބޫ އެ ވިދާޅުވާ ގޮތަށް ރީތި މަޑުމައިތިރި ގޮތްތަކަކުން އެވާހަކަތައް ދެން ހުރި ކެނޑިޑޭޓަށް ނުދެއްކޭ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

"ހައްތާވެސް މި ވިދާޅުވެވެނީ ރައީސް ނަޝީދަށް ކުރިމަތިނުލެވޭ ގޮތް ހެއްދެވީ ތިމަން މަނިކުފާނު. ގާސިމް އިބްރާހިމަށް ކުރިމަތި ނުލެވޭ ގޮތްވެސް ހެދީ ތިމަން މަނިކުފާނު. 12 މެމްބަރުންގެ ގޮނޑިވެސް ގެއްލުވާލީ ތިމަން މަނިކުފާނު. ދެން މިއީ މީގެ ތެރޭގައި އުޅުއްވާ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ދެ ތަޖުރިބާއެއް ކުރައްވާކަން. އަޅުގަނޑަށްވެސް އެބަ އިނގޭ ދެ ތަޖުރިބާއެއްކަން ކުރައްވަނީ" ވައްޑެ ވިދާޅުވި އެވެ.