ހަބަރު

އެންސިސްގެ ފައިސާތައް ފޭރުމުގައި އުޅުނު ފަސް ވަނަ މީހާ ހައްޔަރުކޮށްފި

Sep 16, 2018
1

އެންސިސް ފިޝަރީޒްގެ 2 މިލިއަނެއްހާ ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ފަސް ވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ފައިސާތައް ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި 20 އަހަރުގެ ޒުވާނަކު ކަމަށެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ، މ. މުލީގައި ފިލައިގެން އުޅެނިކޮށް ކަމަށެވެ. އެ މީހާގެ ބަންދަށް ކޯޓުން މިހާރު ވަނީ 14 ދުވަހުގެ މުއްދަތު ޖަހައިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ މަހުގެ ތެރޭގައި އެންސިސްގެ ދެ މިލިއަނެއްހާ ރުފިޔާ ފޭރިގަތީ އެތަނުގެ މުވައްޒަފަކު އެ ފައިސާތައް ބޭންކަށް ޖަމާކުރަން ދަނިކޮށް ހުޅުމާލޭ މަގުމަތިން އެވެ.