overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ތަސައްވުރު: ހިންނަވަރާއި ނައިފަރު ގުޅާލުން

ޅ. އަތޮޅު ނައިފަރާއި ހިންނަވަރު ގުޅާލުމަކީ އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނު ވިސްނުމެއް ކަމަށާއި އެއީ ކުރެވޭވަރު ކަމަކަށްވާނަމަ އެކަން ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ
ވިދާޅުވެއްޖެ އެވެ.

ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ނައިފަރަކީ އެތައް ގިނަ ތައުލީމީ ދަރިންތަކެއް އުފައްދާފައިވީ ރަށެއް ނަމަވެސް ރަށަށް އަންނަންޖެހޭ ތަރައްގީ އައިސްފައިނުވާ ކަމަށެވެ. އެހެންވެފައިވަނީ ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް ނައިފަރާއި އެ ސަރަހައްދު ތަރައްގީކުރުމަށް އޭނާގެ ސަރުކާރެއްގައި އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސަރަހައްދަށް އިތުރު ކުރިއެރުންތައް ހޯދުމަށް ނައިފަރުން ފެށިގެން އޭނާގެ އުފަން ރަށް، ހިންނަވަރާ ހަމައަށް ގުޅާލުމަށް ދިރާސާތައް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގައި ނައިފަރާއި ހިންނަވަރު ގުޅާލުމަކީ ފީސިބަލް ގޮތްތޯ ބަލާ އެންމެ ރަނގަޅު ކަމެއް ކަމަށްވާނަމަ އަމަލީ ގޮތުން ކުރެވޭނެ ކަމަކަށްވާނަމަ އެކަންކޮށް މިތަނުގެ އިތުރު ހިދުމަތްތައް ލިބޭނެ ގޮތްތައް ހެދިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ނައިފަރަށް އެހެން ވައުދުތައް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހިއްކައިގެން އިތުރު ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެމްޑީޕީ ވެރިިކަމުގައި އެޅި ރޯ ހައުސްތަކުގެ އިތުރަށް އާ ރޯ ހައުސްތަކެއް ވެސް ނައިފަރުގައި އަޅުއްވާނެ ކަމަށެވެ.