overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މުޅި އެމްޑީޕީއަށް ވެސް ބަހުސުގައި ރައީސްއާ ވާދަނުކޮށްލެވޭނެ: ނިހާން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އޭނާގެ މުޅި ކެމްޕެއިން ޓީމަށް ވެސް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއާ ބަހުސްގައި ވާދަ ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން އިންތިޒާމް ކުރާ "ރިޔާސީ ބަހުސް 2018" މިރޭ ބާއްވާއިރު މިރޭގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

އިބޫ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވީ އެމްއެންޔޫގެ ބަހުސްގައި އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ ރާއްޖެޓީވީއިން އިންތިޒާމްކުރި ބަހުސްއަށް ރައީސްއަށް ވަގުތު ދެވެން ނެތް ކަމަށް އެންގުމާ ގުޅިގެންނެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިބޫ މިރޭގެ ބަހުސްއަށް ވަޑައިނުގަންނަވަން ނިންމެވީ ރައީސްއާ ބަހުސްގައި ވާދަ ނުކުރެއްވޭނެ ކަމަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. ބަހުސްއަށް ވަޑައިނުގަތުމަށް އިބޫއަށް އެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަަށް ވެސް ނިހާން ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ކީއްކުރަން މުޅި އެމްޑީޕީ ކެމްޕެއިން ޓީމު އެކީ އެކައްޗަކަށް އެއް ކޮޅަކަށް އަރާފަ ރައީސް ޔާމީންއާ އެކަނި ބަހުސްކޮށްލަން ޖެހުނަސް އެ ބޭފުޅުން މޮޅެއް ނުވާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރާއްޖޭގެ އިޖުތިމާއީ، އިގްތިސޯދީ، ދީނީ، އުމްރާނީ ހާލަތާމެދު ރައީސް ޔާމީންއާ ބަހުސްކުރަން އިބޫ ޖެހިލުންވެވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސް ހުންނެވިއިރު ބަޖެޓް ކޮމެޓީގައި ރައީސް ބަހުސް ކުރެއްވާނެ އިރަކަށް އިބޫ އާއި އެމްޑީޕީ މެންބަރުން އިންތިޒާރު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.