overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ކަންކަން ކުރައްވަނީ އަޅުގަނޑުމެންގެ ފަހަތުން: އިބޫ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމިއްލަފުޅަށް ކަމެއް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަބަދުވަސް ކަންކަން ކުރައްވަނީ އިދިކޮޅު ކޯލިޝަނުން ކަމެއް ކުރުމުން އޭގެ ފަހަތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްްސާގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރައްޔިތުންނަށް ކޮށް ދޭނެ ކަންކަން އިދިކޮޅު ކޯލިޝަނުން ވަނީ ކަނޑައަޅައި ލިޔެފަ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ މިއަދު އާންމުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ވާދަވެރިންގެ މެނިފެސްޓޯއެއް އަދިވެސް ނުފެންނަ ކަމަށެވެ.

"... މެނިފެސްޓޯއެއްގެ ވާހަކަ ދައްކާ، އެޔެއް އަދިވެސް ނުފެނޭ، އެކަމަކު ދެން ވަރަށް އަވަހަށް އެ މެނިފެސްޓޯ ފެނިދާނެ، އަޅުގަނޑުމެން ކަމެއް ކުރީމަ އޭގެ ފަހަތުން ކަން ކުރުން މި އޮންނަނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކަންކަން ކުރަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސިކުނޑީގައި އޮންނަނީ އެންމެ ކަމެއް ކަމަށެވެ. ނަމަވެސް އިބޫ ވިދާޅުވީ "އެޔެއް އަޅުގަނޑު ދަންނަވާކަށް ނެތިން" ކަމަށެވެ.

ރައީސް ޔާމީން އޭރު ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތައް ދިމާނުވާ ކަމަށާއި ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުން ނުދާ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ދެ އަހަރުގެ ތެރޭގައި ބަޖެޓް ބެލެންސްކޮށް ތިންވަނަ އަހަރު ނަފާވާ ބަޖެޓަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަސް އަހަރު ނިމޭއިރު 100 ޕަސެންޓް ދަރަނި ބަޖެޓަކަށްވެފައިވާ ކަމަށެވެ.

"ޑޮލަރުގެ އަގު ތިރި ކުރާނަމޭ ވިދާޅުވި، އެކަމަކު ޑޮލަރުގެ އަގަށް ބަދަލެއް އައިސްފިތޯ، ވައުދުތައް އޮތްތާ އޮތްވާ މި ކުރައްވަނީ ކޮން ކަމެއްތޯ، މިއީ ވެގެން އުޅޭ އެއްޗަކީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރައްވަނީ އިންސާފުގެ ތެރެއިން ދެ ފުށް ފެންނަ، ގާނޫނު އަސާސީގައި ބަޔާންކުރާ އުސޫލުގެ މަތިން ކަމަށެވެ. ރަށްރަށަށް ވަޑައިގެން ރައްޔިތުން ގާތު އެންމެ ބޭނުންވާ ކަމެއް އެއްސެވުމުން ގިނަ ރައްޔިތުން އެދެނީ އިންސާފު ގާއިމްކޮށް ދިނުންކަން އިބޫ ފާހަގަކުރެއްވި އެވެ. އެކަން ގާއިމްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އިބޫ މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

ރައްޔިތުން ތިބީ ސެޕްޓެމްބަރު 23 ވަނަ ދުވަހަށް ތައްޔާރަށް ކަމަށާއި ރާއްޖޭގެ މަންޒަރު ވަރަށް ސާފު ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެ ދުވަސް ނައިސްގެން ތިބި ރައްޔިތުންގެ ބޮޑު ތާއިދާއަކާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ.

އިބޫ ވަނީ ކުޑަހުވަދޫއަށް ވައުދުތަކެއް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމްކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް އާބަން ސެންޓަރަކީ ކުޑަހުވަދޫ ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާބަން ސެންޓަރެއްގައި ގާއިމްކުރަން ޖެހޭ ހުރިހާ ވަސީލަތެއް އެ ރަށުގައި ގާއިމް ކުރާނެ އެވެ. އެގޮތުން ކޮމާޝަލް ބަނދަރާއި މަގުތައް ތަރައްގީ ކުރުމާއި ހޮސްޕިޓަލާއި ސްކޫލް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން ކުޑަހުވަދޫއަށް ބަދަލުކޮށްފައިވާ ވާނީ ރައްޔިތުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ބަދަލު މިހާތަނަށް ވެސް ލިބިފައިނުވާއިރު އެ ބަދަލު ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.