overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ މިއަދު އަށް ރަށަށް: މަންޒަރު ސާފު، މޮޅުވާނެ

ވާދަވެރި ރިޔާސީ އިންތިހާބަށް ހަފުތާއަކަށްވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މިއަދަކީ ވަރަށް ބުރަ ދުވަހެކެވެ. އޭނާ އެކި އަތޮޅުތަކުގެ އަށް ރަށަކަށް ޒިޔާރަތް ކުރައްވާފަ އެވެ.

އިބޫ މިއަދު އެންމެ ފުރަތަމަ ދަތުރު ފެއްޓެވީ ޅ. ނައިފަރުންނެވެ. މިއަދު އެންމެ ފުރަތަމަ އިބޫ ވަޑައިގެންނެވީ ރަނިންމޭޓް ފައިސަލް ނަސީމްގެ ދާއިރާގެ މައި ރަށް، ކ. ކާށިދޫއަށެވެ. އެ ރަށުން އިބޫއަށް ހޫނު މަރުހަބާއެއްކީ އިރު ގިނަ ވައުދުތަކެއް އެ ރަށަށް އިބޫ ވެވަޑައިގެންނެވި އެވެ. އެގޮތުން ރަށުގެ ފަޅު ހިއްކައި ރިސޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަށުން އިބޫ ސީ ޕްލޭނެއްގައި ވަޑައިގެންނެވީ ވ. އަތޮޅަށެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ވ. ރަކީދޫއަށެވެ. އެއަށްފަހު ފުލުފުލުގައި އެހެން ރަށްތަކަށް ވަޑައިގެންނެވި އެވެ. އެގޮތުން ކެޔޮދޫ، ތިނަދޫ، ފުލިދޫއަށް ވަޑައިގެންނެވި އެވެ. އިބޫ ވަނީ ވ. އަތޮޅަށް ވެސް ގިނަ ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ޕިކްނިކް ދާނެ ރަށެއް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކެޔޮދޫ އާއި ފުލިދޫގެ ބިން ހިއްކައި ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫގެ މިސްރާބު ދެން ޖެއްސެވީ ދ. އަތޮޅަށެވެ. ފުރަތަމަ ވަޑައިގެންނެވީ ދ. މީދޫއަށެވެ. ހަވީރު އެރަށަށް އިބޫ ވަޑައިގެންނެވިއިރު ހޫނު މަރުހަބާއެއް ކިޔެ އެވެ. ދެން އިބޫ ވަޑައިގެންނެވީ ކުޑަހުވަދޫއަށެވެ. އެ ރަށަށް އިބޫ ވަޑައިގެންނެވީ ރޭގަނޑުގެ ވަގުތުގަ އެވެ. ނަމަވެސް ބަނދަރު މަތީގައި އެތައް ބަޔަކު މަރުހަބާ ކިޔަން ނުކުމެ ތިއްބެވެ.

އަށް ރަށަށް މިއަދު ކުރެއްވި ދަތުރަށްފަހު އިބޫ ވިދާޅުވީ، ރާއްޖެ އޮތް ގޮތް ސާފު ކަމަށެވެ. ރާއްޖޭގެ މަންޒަރު ވަރަަށް ސާފު ކަމަށެވެ. ރައްޔިތުން ތިބީ ވޯޓުލާ ދުވަސް ނައިސްގެން ކަމަށާއި އެ ދުވަހު ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލާނެ ކަމަށެވެ. ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.