ދުނިޔެ

އެމެރިކާގެ ސުޕްރީމް ކޯޓަށް ޓްރަމްޕް ހުށަހެޅުއްވި ފަނޑިޔާރަށް ބޮޑު ތުހުމަތެއް

Sep 17, 2018

ވޮޝިންގްޓަން (ސެޕްޓެމްބަރު 17) - ވޮޝިންގްޓަން (ޖުލައި 9) - އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވި ބްރެޓް ކެވަނާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފި އެވެ.

ސްކޫލް ދައުރުގައި، ކެވަނާގެ އުމުރުން 17 އަހަރުގައި، އޭރު 15 އަހަރުގެ އަންހެން ކުއްޖަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ކެވަނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މިހާރު ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިނުއާފު ފަނޑިޔާރު ކެވަނާ، 53 އަކީ ކުރީގެ ރައީސް ޖޯޖު ޑަބްލިއު ބުޝްގެ އެޑްވައިޒެރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ސެނެޓުގެ ޖުޑީޝަރީ ކޮމިޓީން ބުރާސްފަތި ދުވަހު ކެވާނާ ސުޕްރީމު ކޯޓަށް އައްޔަންކުރުމާއި ގުޅޭގޮތުން ވޯޓު ނެގުމަށް ތައްޔާރުވެފައިވަނިކޮށް، އެ ތުހުމަތުތަކާއި ގުޅިގެން އެކަމަށް ވަނީ ހިޔަނިއެޅިފަ އެވެ. އެމެރިކާގެ ސެނެޓުގެ ވޯޓަށް ދާނީ، ކޮމިޓީން ކެވަނާގެ ނަން ފާސްވެގެންނެވެ.

އުމުރުން 81 އަހަރުގެ ކެނެޑީ ރިޓަޔާ ކުރައްވާނީ ޖުލައި 31 ވަނަ ދުވަހު އެވެ. މިހާރު ވެސް ފަހެއް ހަތަރަކުން ކޮންޒަވޭޓިވްސް އާއި އެއްކޮޅަށް ސުޕްރީމު ކޯޓުގެ ބެންޗު ބުރަވެފައިވާތީ، ކެވަނާ އައްޔަނު ކުރެއްވިޔަސް ބެންޗަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެ އެވެ. ކެނެޑީއަކީ ކޮންޒަވެޓިވް ބޭފުޅެއް ނަމަވެސް ސުޕްރީމު ކޯޓުން ފަހުން ނިންމި ގިނަ ނިންމުންތައް އައިސްފައި ވަނީ ލިބެރަލްސްއާ އެއްކޮޅަށެވެ. ނަމަވެސް، އެފަދަ ދުލެއް ކެވަނާ ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް އިމިގްރޭޝަނުން ފެށިގެން ބަޑި ގެންގުޅުމާއި އެބޯޝަން ފަދަ ނިންމުންތައް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ސުޕްރީމު ކޯޓުގެ ނިންމުންތައް މިހާރު އައުން ގާތް ކަމުގައި މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރެ އެވެ.

މިއީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ލިބި ވަޑައިގަންނަވާ ދެ ވަނަ ފުރުސަތެވެ.