overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ލާމަރުކަޒީ ނިޒާމް ރާއްޖެއަށް އެކަށީގެން ނުވޭ، ވަނީ ފެއިލްވެފަ: ރައީސް

އެމްޑީޕީ ސަރުކާރުގައި ގާއިމްކުރި ލާމަރުކަޒީ ނިޒާމް މިހާރު ވަނީ ފެއިލްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރު ދީގެން ހިންގާ ލާމަރުކަޒީ ނިޒާމްގައި ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރެ އެވެ. މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަކީ ތިންވަނަ ދައުރުގެ ކައުންސިިލަރުންނެެވެ. އެ އިންތިހާބުގައި ޕީޕީއެމްއަށްވުރެ ކުރީގައި އަބަދުވެސް އުޅެނީ އެމްޑީޕީ އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އެންމެ މައިގަނޑު ވައުދުގެ ތެރޭގައި ކައުންސިލްތަކަށް ބާރު ދީގެން ރަށްރަށަށް ތަރައްގީ ގެނައުމުން ހިމެނެ އެވެ. "ޖަޒީރާ ރާއްޖެ"ގެ ސިޔާސަތުގެ ދަށުން ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދޭން އިބޫ ވަނީ ނިންމަވާފަ އެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ރޭ ރިޔާސީ ބަހުސްގައި ރައީސް ޔާމީންއާ ސުވާލު ކުރެއްވުމުން ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ނިޒާމްގެ ތެރެއިން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެވަޑައިގެންފި ކަމަށެވެ.

"ރާއްޖޭގެ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރުމައުރޫފު ރާއްޖޭގެ ކޮންމެ ތާކަށް ހިނގަން ވާނެ، އަޅުގަނޑު ތަރައްގީ ގެންނަން ވަކި ރަށެއް އިސްތިސްނާނުކޮށް މިކުރާ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އަޅާފައިވަނީ އިދިކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތައް، އެހެންވީމަ އެ މެޗުއަރިޓީ އެމީހުންނަށް އައީމަ ލާމަރުކަޒީ ނިޒާމް ރަނގަޅު ނިޒާމަކަށް ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ކައުންސިލަރުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ އަތުން ތަރައްގީ ބީވެގެންދާ ގޮތަށް ކަމަށެވެ. ފުޓްސަލް ދަނޑުތައް ވެސް ސަރުކާރުން ބޭނުންވި ބާރު މިނުގައި ނުގެންދެވުނީ އެހެންވެ ކަމަށެވެ.

"އެ މެޗުއާރިޓީ އައިސްގެން އެކަން ކުރާނަމަ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގަ ރަނގަޅު ނިޒާމެއް، އެކަމަކު ޕަވާ ޝެއާކޮށްގެން މިކަން ކުރެވޭނީ މެޗުއާރިޓީ އައިސްގެން، މިހާރު ތަންފީޒުވެގެންދާ ގޮތުން ލާމަރުކަޒީ ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއް، އޭގެ މާނައަކީ އެއީ ވޯކަބަލް ނިޒާމެއް ނޫނެކޭ ބުނަނީއެއް ނޫން، މިހާރު އޮތް ހާލަތުން އަޅުގަނޑު ގަބޫލުކުރަނީ އެއީ ފެއިލްވެފަ އޮތް ނިޒާމެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމް އޭގެ އަސްލު ގޮތުގައި ހިންގޭނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދޭން މީހުންނަށް ވިސްނުނުނު ދުވަހަކުން ކަމަށެވެ.