overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކުޅުދުއްފުށީ ކުޅި ހިއްކުމަކީ ކޮށް ދިން "ފޭވާއެއް": ރައީސް

ހދ. ކުޅުދުއްފުށީ ކުޅި ހިއްކުމަކީ ރައްޔިތުންނަށް ކޮށް ދެއްވި "ފެވާއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެ ރަށުގައި އޮތް ބޮޑު ކުޅީގެ ބައެއް ހިއްކުމަކީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔަ ކަމެކެވެ. އެގޮތުން ތިމާވެއްޓަށް މަސައްކަތް ކުރާ މީހުންނާއި ޖަމިއްޔާތަކުން ވަނީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކުގެ ވާހަކަ ދައްކާފަ އެވެ.

ރޭ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން ބޭއްވި ރިޔާސީ ބަހުސްގައި އެކަމާ ގުޅިގެން ރައީސް ޔާމީންއާ ސުވާލު ދެންނެވުމުން ވިދާޅުވީ ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެދެއްވި "ފޭވާއެއް" ކަމަށެވެ. ރައީސް ވިދާޅުވީ ކުޅިން ހިއްކި ސަރަހައްދަކީ ކުޅި އަޅާ ހަލާކުކޮށްފައިވާ ސަރަަހައްދެއް ކަމަށެވެ.

"ދެބައިކޮށްފަ އެއް ބައި ހިއްކީ، އެ ހިއްކި ހިސާބުތަ އޮތީ ކޮން އެއްޗެއްތޯ، ސާފު ފެންތޯ، ނޫނިއްޔާ ދިރޭ މަހާ އެއްޗެހިތޯ އެތާ އޮތީ، އެތާ އޮތީ ކުނި އަޅާ ހަލާކުކޮށްފަ، ކީއްވެތޯ ކުޅިއަށް އެހާ ބޮޑު ގެއްލުމެއް ދެމުންދިޔަ ވާހަކަ ނުދެއްކީ، ސައިޓިފިކަލީ އެ ވާހަކަ ނުދެއްކީ ކީއްވެތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިކުރީ ފެވާއެއް، އެތަނަށް ކުނި އެޅުން ހުއްޓާލާފަ ވެމްކޯ ތައާރަފްކޮށްފަ، ކުނި ނަގައިދީފަ އަދި ކުނި ނަގާނެ ނިޒާމް ތައާރަފްކޮށްފަ، ރައްޔިތުންނަށް ބޭނުންވާ ބޮޑު އަސާސީ ހިދުމަތެއް އަޅުގަނޑު މި ގެންގޮސްދިނީ، މީހުންނަށް އަންނަ ތަރައްގީއަކީ މިކަހަލަ ވިޔާނުދާ ކަންކަމުން މީހުން ދުރުކުރުން،"

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން ލިބޭނެ ގެއްލުމެއް ބުނެދީފައިވާ އެއްވެސް ސައިންޓިފިކް ރިޕޯޓެއް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ. ކުނި އަޅާ އަޅާ ހަލާކު ނުވި ކުޅިއެއްގައި އެއާޕޯޓެއް އަޅައިގެން އިތުރަށް ވާނެ ގެއްލުމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު ކުޅުދުއްފުށި ކުޅިއަކީ އެ ރަށުގެ އަންހެނުން ރޯނު ވެށުމަށް ބޮނބި ފާކުރަން ބޭނުން ކުރި ތަނެކެވެ. އަދި އެ ކުޅިއަކީ ރާއްޖޭގައި އޮތް ގުދުރަތީ ގޮތުން އެންމެ މުއްސަނދި ކުޅިތަކުގެ ތެރޭގައި ހިމެނޭ ކުޅިއެކެވެ. އެންމެ ގިނަ ކަނޑޫފާ ގަސްތައް ވެސް ފެންނަ ކުޅިއަކީ އެ އެވެ. އަދި އެ މަށީ ކުޅީގައި އެހެން ވެސް ގިނަ ދިރުންތައްވެ އެވެ.

ކުޅިން ނުހިއްކާ އޮތް ސަރަހައްދަށް އެއްވެސް ރައްކާތެރިކަމެއް ދެމުން ނުގެންދާތީ އެ ސަރަހައްދުގެ ދިރުންތައް ވެސް މިހާރު މަރުވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ.