overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މ. އަތޮޅުގައި އެއާޕޯޓެއް ހަދަން އިބޫ ވައުދުވެވަޑައިގެންފި

މ. އަތޮޅުގައި އެއާޕޯޓެއް އަޅުއްވައި އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ މި ވައުދު މިއަދު ވެވަޑައިގެންނެވިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަަމަ މ. މުލީގައި އެއާޕޯޓެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖުލައި މަސް ތެރޭގައި އެ ރަށަށް ވަޑައިގެން ވައުދުވެވަޑައިގެންފައިވެ އެވެ.

މ. މުލަކަށް މިއަދު ވަޑައިގެން މުލަކާއި ނާލާފުއްތާއި މުއްޔާއި ވޭވަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ސަރަހައްދަކީ ފަސޭހަކާއެކު ދަތުރު ކުރެވޭނެ ސަރަހައްދަކަށް ހަދަންޖެހިފައިވާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެ ސަރަހައްދުގައި އެއާޕޯޓެއް ގާއިމް ކުރައްވާނެ ކަމަށެވެ.

އިބޫ މ. ދިއްގަރަށް ވަޑައިގެން ވިދާޅުވީ އެއާޕޯޓްގެ ތަފްސީލް ދެއްވަމުން ވިދާޅުވީ އެއާޕޯޓް އަޅުއްވަނީ މުލީގައި ކަމަށާއި އަދި އެ އެއާޕޯޓާ ކޯސްވޭއަކުން ނާލާފުށި ގުޅާލައްވާނެ ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ އެ ރަށެއްގެ ރައްޔިތުންނަށް އެ ރަށެއްގައި ތިބެގެން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ރައްޔިތުން ތި ބޭނުންވާ އުފާވެރި ދިރިއުޅުން ރަށުގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

މަސް ކަނޑުތައް ހަމައެކަނި ދިވެހިންގެ އެއްޗަކަށް ހަދައި މަހަށް ހަމަ އަގު ލިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. މުލީގެ ރަށް ގިރުމުގެ މައްސަލަ އޮތުމަކީ ކަންބޮޑުވުމެއް ކަމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުގެ ދަށުން އެކަން އޭނާގެ ސަރުކާރެއްގައި ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މުލީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ސިއްހީ މަރުކަޒު އިތުރު ހިދުމަތްތައް ގެންނާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކުނީގެ މައްސަލައަކީ މ. އަތޮޅުގައި ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ކުންޏަކީ އޭގެން އާމްދަނީއެއް ލިބޭނެ އެއްޗަކަށް ހަދާނެ ކަމަށެވެ. ނާލާފުށީގައި ރަނގަޅު ފުޓްބޯޅަ ދަނޑެއް އަޅައި ނަރުދަމާ އާއި ފެނުހގެ ނިޒާމް ގާއިމް ކުރައްވާނެ ކަމަށާއި ބަނދު ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ވޭވަށު ބަނދަރަކީ ރަނގަޅު ފެންވަރުގެ ސިނާއީ ބަނދަރަކަށް ވެސް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެ މަޝްރޫއުތަކުގެ ތަފްސީލް ކައުންސިލްތަކާ ހިއްސާ ކުރައްވާނެ ކަމަށާއި މަޝްރޫއުތައް ތަރުތީބުވެގެން ދާނީ ރައްޔިތުންގެ ހިޔާލުން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.