overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސައިޒު ދައްކާ ޖަލްސާއަށް ރެކޯޑް އަދަދަކަށް ގޮނޑި ޖަހާނަން: ނިހާން

12

ޕީޕީއެމް އިން މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާއަށް ރެކޯޑް އަދަދަކަށް ގޮނޑި ޖަހާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ މާދަމާ ބާއްވާ އެ ޕާޓީގެ ޖަލްސާއަށް އަންނާނެ މީހުންގެ އަދަދު އަދި ސީދާ ބުނާކަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެއީ ކާނިވާ ސަރަހައްދަށް ޖަމާވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން ވެލިދަނޑުގައި ޖަލްސާ ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި މާލޭގައި މިހާތަނަށް ނުޖަހާ ވަރަށް ވުރެ ގިނައިން ގޮނޑި ޖަހާނެ ކަމަށާއި އެގޮތުން 20،000 ގޮނޑި ޖަހާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ދަންނަވާލަން ދަތި ކިހާ ވަރެ ކަން އަންނާނީ، އެކަމަކު ޔަގީންކަމާއެކު ދަންނަވަން ކެރޭ، އަޅުގަނޑުމެންނަށް ލިބިފައިވަ އޮތް ދަނޑުގެ ސަރަހައްދުގައި އަޅުގަނޑުމެން ޖަހާނަން 20،000 ގޮނޑި، ގުނުއްވަން ވަޑައިގަންނަވާ،" ނިހާން ވިދާޅުވި އެވެ. "މި އަދަދަކަށް ގޮނޑި ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އެއްވެސް ތާކު މިހާތަނަށް ޖަހާފައި ނުވާނެކަމަކީ ޝައްކެއް އޮތް ކަމެއް ނޫން، އެ ގޮނޑިތަކުގައި މީހުން ތިއްބެވުމާއި އިތުރަށް ކޮއްޅަށް ތިބޭނެ އަދަދު ފެންނާނެ،"

ނިހާން ވިދާޅުވީ މިއަދު ފަތިހުއްސުރެ ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުން މާލެ އަންނަމުންދާ ކަމަށެވެ. އެގޮތުން ކަނޑުމަގުން އަންނަ ފަރާތްތަކުން މިއަދު ފަތިހުގެ ވަގުތެއްގައި ފުރާފައިވާ ކަމަށާއި ދުރު ސަރަހައްދުގައި އުޅޭ ފަރާތްތަކަައް ދަތިވާނެތީ ވައިގެ މަގުން ދަތުރު ކުރުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ސައިޒު ދައްކާލަން ބާއްވާ ބޮޑު ޖަލްސާ އޮތީ މާދަމާ ރޭ 8:00 ހާއިރު އެވެ.