overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީން އިދިކޮޅު އިއްތިހާދުގެ މޭގަނޑު ފަތަހަ ކޮށްފި: ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މުޅި ރާއްޖެއިން ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި އެމަނިކުފާނު ވަނީ އިދިކޮޅު އިއްތިހާދުގެ މޭގަނޑުތައް ފަތަހަ ކޮށްފައި ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކ. ގާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، މިއަދު އެ ބައްދަލުވުމުގައި ތިއްބެވީ ހަމައެކަނި އެރަށުގެ ރައްޔިތުން ކަމަށާއި އެހެން ރަށަކުން އަރުވާފައި ތިބި ރައްޔިތުން ނޫން ކަމަށެވެ.

"އެހެން ކަމުން އަޅުގަނޑުމެން ދަންނަވާނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަނީ އިދިކޮޅު އިއްތިހާދުގެ މޭގަނޑު ފަތަހަ ކޮށްފައޭ، ރައީސް ޔާމީނަށް ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަކި ރަށެއް ބާކީ ނުކޮށް ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން ކަމަށާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފިނަމަ އިތުރު ތަރައްގީތައް ގާފަރަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ތިޔަބޭފުޅުން ފަސްޖެހި ވަޑައިގަތުމެއްނެތި ރައީސް ޔާމީނާއި އަޅުގަނޑަށް މި ސެޕްޓެމްބަރު މަހު ވޯޓް ދެއްވާ، ކުރިއަށް އޮތް ފަސް އަހަރު ވެގެންދާނީ ތިބޭފުޅުންނަށް އިތުރު އުފާވެރިކަން ގެނެސްދޭނެ ފަސް އަހަރަށް، މި އިންތިހާބު ތަނަވަސް އަގްލަބިއްޔަތަކުން ރައީސް ޔާމީން ހޮވޭނެ ކަމާމެދު ޝައްކެއްނެތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިންތިހާބު ނިމޭދުވަސް ނޫން އޭގެ އަނެއް ދުވަހު އިއްތިހާދު ރޫޅޭނެ ކަމަށާއި އިދިކޮޅު އިއްތިހާދަށް ސަރުކާރު ހަވާލުކުރަން ޖެހޭ ސަބަބެއްނެތް ކަމަށެވެ. ގައުމު ހިންގަން ބޭނުންވަނީ ތައުލީމާއި ތަޖްރިބާ ހުރި ރައީސެއް ހުންނަން ކަމަށާއި ތައުލީމާއި ތަޖްރިބާނެތި 21 ވަނަ ގަރުނުގައި ވެރިކަމެއް ނުކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ޒައާމަތު ހިންގަން ޖެހެނީ ތައުލީމް ލިބިފަވާ ތަޖްރިބާ ލިބިފައިވާ ހިތްވަރާއި އަޒުމް ހުރި ޝަހުސިއްޔަތެއް، އެ ޝަހްސިއްޔަތަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ނޫން ދެވަނަ އެހެން ޝަހްސިއްޔަތެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ބިރުދައްކައިގެން ކަންކަން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި ރައްޔިތުންނަށް ގާނޫނުގެ ތެރެއިން ލިބެންޖެހޭ ހިދުމަތްތަކަށް އޯގާތެރިކަން އަބަދުވެސް އޮންނާނެ ކަމަށެވެ، ގާނޫނާ ހިލާފްވެއްޖެނަމަ ގާނޫނު އެމީހަކާ އަރާ ހަމަކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެއްވެސް މީހަކަށް ގެއްލުމެއްދޭން މަސައްކަތެއް ނުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.