overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވޯޓްގެ ނަތީޖާ ސަރުކާރުން ގަބޫލުކުރާނެ ކަމަށް ނުބެލެވޭ: އިބޫ

Sep 17, 2018
16

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަކީ ސަރުކާރަށް ގަބޫލުކުރެވޭނެ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގެ ރަށްތަކަށް މިއަދުު ފައްޓަވައިގެން އުޅުއްވާ ދަތުރުގެ ތެރެއިން އެއަތޮޅު ދަރަނބޫދޫއަށް ވަޑައިގެން އިބޫ ވިދާޅުވީ، އިންތިހާބު އޮންނަ ދުވަހު ހަމަނުޖެހުން ހިންގައި އިންތިހާބު ގަޑުބަޑު ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ރައްޔިތުން އެފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"ރައްޔިތުން ތިބީ ރައްޔިތުން ބޭނުންވާ ގޮތް މިހާރުވެސް ނިންމައިގެން، ވޯޓް ފޮށި ބެހެއްޓީމާ ވޯޓް ވައްޓާލަން ތައްޔާރަށް، މި ނަތީޖާ އަކީ ސަރުކާރު ގަބޫލް ކުރާ ނަތީޖާއަކަށް ނުވާނެ، އެއީ ރައީސް
ޔާމީނަކަށް ތާއީދެއްނެތް މިފަހަރު، ކުރިމަތިވެދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިންތިހާބު އޮންނަ ދުވަހު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ގޮންޖެހުންތަކާއެކުވެސް އެދުވަހުން އިންތިހާބު ނިންމާނީ އަމާން އޮމާން ކަމާއެކު ކަމަށާއި އެދުވަހުން އިދިކޮޅުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެއަތޮޅު ފީއަޔަށް ވަޑައިގެން އިބޫ ވިދާޅުވީ، ކޮންމެ ރަށަކަށް އައުމުންވެސް ފެންނަނީ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ކަމަށާއި ކައުންސިލްތަކަށް ބާރު ދިނުމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ފުއްދިގެންދާނެ ކަމަށެވެ.

"ކޮންމެ ރަށަކުންވެސް ފެނަންނަނީ އެއް މަންޒަރެއް، ރައްޔިތުން ބޭނުންވަނީ ބަދަލަކަށް، އިންތިހާބު ކާމިޔާބު ކުރާނަން، ކާމިޔާބު ކުރުމަށްފަހު ރައްޔިތުން ބޭނުންވާ އިންސާފު ގާއިމްކޮށްދޭން ފަށާނަން، ރައްޔިތުން ކުރަންވީ ކަމަކީ އެދުވަހު އަވަހަށް ގޮސް ވޯޓް ލުން، އެދުވަހު އެއްވެސް ހަމަ ނުޖެހުމެއް ނުހިންގައިގެން ނުވާނެ، އިންސާފުވެރިކަމާއެކު އެދުވަހު ވޯޓް އަޅައި އިންތިހާބު ކާމިޔާބު ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އެއަތޮޅު ނިލަންދޫއަށް ވަޑައިގެން އިބޫ ވިދާޅުވީ، ކޯލިޝަނުން އިންތިހާބަށް އެކީގައި ނިކުންނަން ޖެހުނު ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި އެގޮތުން ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ހަރަދު ދަނީ އިންތިހާއަށް ބޮޑު ކުރަމުން ކަމަށެވެ. ތިން ރަށުގެ ނަރުދަމާ އެޅޭ މަސައްކަތުން ކުރަނީ އެންމެ ރަށެއްގެ ނަރުދަމާގެ މަސައްކަތް ކަމަށާއި ކޮންމެ ކަމަކުންވެސް ކުރަނީ އިސްރާފް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ރަނގަޅަށް ބަޖެޓް ކުރެވިގެން ހަމަ އަގުގައި މަސައްކަތް ކުރެވޭނަމަ މިއަދު ރާއްޖޭގެ އެއްވެސް ރަށެއްގައި ފެނާއި ނަރުދަމާ ނުލިބި ނޯންނާނެ، އެއީ ފެންނަން އޮތް ހަގީގަތް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މި ސަރުކާރުން ހިންގާފައި ކޮންމެ ކަމެއްގައި ފެންނަނީ ވައްކަމާއި ކޮރަޕްޝަން ކަމަށާއި ކޯލިޝަނުން މިއަދު އެކުގައި ނިކުންނަން މަޖުބޫރުވީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.

"އެއާއެކު އަދުލު އިންސާފު ގާއިމް ނުކުރެވި އެތައް އަނިޔާތަކެއް ލިބެމުންދަނީ، ހިޔާލު ތަފާތުވާ އެންމެ ޖަލު ގޮޅިއަށް، ވަކި ކުލައަކަށް އާސަންދަ ލިބެނީ، ވަކި ކުލައަކަށް ބެލުމެއްނެތި ހުރިހާ ހިދުމަތެއް ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.