ދުނިޔެ

ސީރިއާގެ ވައިގެ ސަރަހައްދުން ރަޝިޔާ މަތިންދާބޯޓެއް ގެއްލިއްޖެ

Sep 18, 2018

މޮސްކޯ (ސެޕްޓެމްބަރު 18) - ސީރިއާގެ ވައިގެ ސަރަހައްދުން، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާޑަރުތަކުން ކުއްލިއަކަށް ގެއްލިފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ސާދަ ކްރޫންނާއެކު ދަތުރުކުރި ބޯޓާއި ނުގުޅޭކަމަށް ވެސް މިނިސްޓްރީން ވަނީ ކަޝަވަރުކޮށްދީފަ އެވެ.

އެ މަތިންދާބޯޓު ގެއްލިފައިވަނީ، ސީރިއާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިދޭ ރަޝިޔާ އިސްވެ އޮވެ، ރަޝިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބޯޓު ގެއްލިފައިވަނީ، އެ ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދެމުން ގެންދިޔަ ވަގުތެއްގައި ކަމަށް ވެސް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ބޯޓަށް ހަމަލާނުދޭކަމަށް އެމެރިކާގެ އިތުރުން ފްރާންސް ސަރުކާރުންވެސް ވަނީ ބުނެފަ އެވެ.