overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފްލެޓް ނުލިބި މަގުމަތިވެފައިވާ މީހުންގެ އުދާސްތައް އިބޫ އަޑުއައްސަވައިފި

ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި ފްލެޓް ނުލިބުނު މީހުންނާއި ގުޅީފަޅުން ފްލެޓް ހޯދަން ލާރި ދެއްކި ނަމަވެސް ލާރިވެސް އަދި ފްލެޓް ވެސް ލިބިފައި ނުވާ މީހުންގެ އިހުސާސްތައް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އަޑުއައްސަވައިފި އެވެ. އިބޫ ވައުދުވެ ވަޑައިގަތީ، އެބޭފުޅުންގެ އެ ޝަކުވާތަކަށް ނިމުމެއް ގެނެސް ދެއްވުމަށެވެ.

ގުޅީފަޅުން ފްލެޓް ހޯދުމަށް ލާރި ދެއްކުމަށްފަހު ފްލެޓް ނުލިބިވާ ފަރާތްތަކާއި، ޓާޓާ ފްލެޓްތަކުން ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކާއި، އަދި ހުޅުމާލޭ ފްލެޓް ދިނުމުގައި މަތިން ޕޮއިންޓްލިބި، ފުލެޓް ނުލިބުނު ބައެއް ފަރާތްތަކާ އިބޫ މިއަދު ސޯލްޓް ކެފޭގައި ބައްދަލުކުރައްވައި އެބޭފުޅުންގެ ޝަކުވާތައް އަޑު އެއްސެވި އެވެ.

އެގޮތުން، ގުޅީފަޅުން ފްލެޓް ލިބުނު މީހަކު ބުނީ ފައިސާ ދެއްކިތާ މިހާރު 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެ ފައިސާ ދައްކާފައިވަނީ އެކިމީހުން އަތުން ލޯނު ނަގައިގެންނާއި، ބޭންކުތަކުން ލޯނުނަގައިގެން ކަމަށެވެ. އަދި އެ ލާރިތަށް އަނބުރާ ދެއްކުމަށް އިތުރަށް ދަރަނިވެރިވެފައިވާ ކަމަށާއި، އާއިލާތަކާއި އަނބިދަރިން ބިކަ ހާލުގައި ޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ގުޅީފަޅުން ފުލެޓްގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޭނެ ކަމަށް ބުނި ނަމަވެސް އެ ފްލެޓްތަަށް ދީފައިވަނީ ސަރުކާރުގައި ނުފޫޒު އޮތް، ސަރުކާރަށް ތާއިދުކުރާ ނުވަ ފަރާތަކަށް ކަމަށާއި، އެ ފްލެޓްތަކުގެ މައްސަލައިގައި މުލިއާގެއާއި، ހައުސިން މިނިސްޓްރީއަށް ދިޔަ ނަމެވެސް އެކި ފަހަރުމަތިން އެދިގެންވެސް ބައްދަލުވެފައިނުވާ ކަމަށެވެ. އަދި ސަރުކާރުން ދެކެނީ ގުޅީފަޅުން ފުލެޓް ގަނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އައުވާނުން ގޮތުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ޓާޓާ ފްލެޓް ލިބުން މީހަކު ބުނީ، އެ މީހުންނަށް ޖެހެނީ އެތަނުން ފްލެޓްގަންނަން ކަމަށާއި، އެކަން ކުރެވެނީ 9 އިންސައްތައާއި، 12 އާއި ދެމެދުގެ އިންސައްތައިގެ އިންޓްރެސްޓެއްގައި ކަމަށެވެ. އަދި ލޯނު ނުލިބުނު ބައެއް ފަރާތްތަކަށް ފްލެޓްތައް ގެއްލިފައިވާ ކަމަށެވެ. އިންޓްރެސްޓް ތަފާތުވުމުގެ ސަބަބުން އެކި މީހުންނަށް އެކި އަގު ދައްކަންޖެހޭތީ ވަރަށް ބޮޑު ތަފާތުވުމެއް އުފެދިގެންދާ ކަމަށާއި، އެންމެންނަށް އެއް އުސޫލަކުން ކަންކަން ކޮށްދޭން އެެދޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ފަރާތްތަކުގެ ވާހަކަތައް އަޑުއެހުމަށްފަހު އިބޫ ވިދާޅުވީ، ގުޅީފަޅުން ފްލެޓްގަތް ހުރިހާ ފަރާތްތަކަކަށް ހުޅުމާލެއިން ފްލެޓް ހަމަޖައްސަދޭނެ ކަމަށެވެ. އަދި ޓާޓާ ފެލެޓްތަކުގެ މައްސަލަތައްވެސް ހައްލުކޮށްދޭނެ ކަމަށާއި، ފްލެޓަށް ޝަރުތުހަމަވާ ހުރިހާ
ފަރާތަކަށްވެސް ފްލެޓް ދެއްވާނެ ކަމަށެވެ.