overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަޅުގަނޑުގެ ކައްޕި ކަމުގައި ނުދެވޭނެ ހިސާބެއް ނޯންނާނެ: ރައީސް

އެމަނިކުފާނުގެ ކައްޕިކަމުގެ ދަށުގައި ރާއްޖެއަށް ނުދެވޭނެ އެއްވެސް ހިސާބެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އައި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ސަރުކާރު އޮތިއްޔާ ޒުވާނުންނަށް ހިތްވަރު ދޭނެ، ކުޅިވަރު ވިޔަސް އެހެން ކަންކަން ވިޔަސް ހިތްވަރު ދޭނެ، ދެބައި މީހުންގެ ޕާޓްނަޝިޕެއް މިއީ، ޒުވާނުންގެ ހިތްވަރާއި ދެން ދަންނަވަން ޖެހޭނީ ރައީސް ޔާމީންގެ ފަންވަރޭ ދޯ، ރައީސް ޔާމީންގެ ފަންވަރާއެކީ ހަމަ ކޮންމެ ކަމެއް ވެސް ހާސިލް ކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަންވަރާއި ޒުވާނުންގެ ހިތްވަރާއެކު ކުރިއަށް ގޮސްފިނަމަ ރާއްޖެ ފާގަތިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ހާސިލްކުރުން އޮތީ ޒުވާނުންގެ އަތް މަތީގަ ކަމަށާއި ޒުވާނުން އެކަމަށް ފުރުސަތު ދެއްވައިފިނަމަ އެމަނިކުފާނު ރާއްޖޭގެ "ކައްޕިގެ" ގޮތުގައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"ފުޓްބޯޅަ ދަނޑު ވިއްޔާ އައްސަދު ނޫނީ އަކްރަމް، މުޅި ގައުމުގަ ވިއްޔާ ރައީސް ޔާމީން ތިކުދިންނާއެކު ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކޮށް ދޭނެ، އިރާދަކުރެއްވިއްޔާ އަހަރެމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ މިއަދަކީ ދިވެހިން އަބަދުމެ ޝުކުރު ކުރުން މަތީ ތިބެން ޖެހޭނެ ދުވަހެއް ކަމަށް ވިދާޅުވެފަ އެވެ. ގައުމީ ޓީމުން ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ގެނައިއިރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އާ ރަންވޭއަކީ ރާއްޖެއަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ އާ ރަންވޭ މަޝްރޫއަކީ ދިވެހިންގެ ޝަރަފު ކަމަށާއި ދިވެހިންގެ މިނިވަންކަން އޮތީ ވެލާނާ އެއާޕޯޓްގަ ކަމަށެވެ. ރާއްޖޭގެ އިްގތިސޯދު ބިނާ ވާނީ އެ އެއާޕޯޓްގެ މައްޗަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އައިސް ތިބި ހިސާބަކީ އެއް ހާސް މިލިއަން ޑޮލަރުގެ އެއާޕޯޓެއް އަޅުގަނޑުމެން މި އަޅަނީ، އަޅުގަނޑުމެންނަށް އެހީ ވަނީ ސައުދީން، އަބޫދާބީ ފަންޑާ ފަދަ މިފަދަ ތަންތަން، އެހެންވީމަ ދިވެހިންނަށް ކުރިއަށް ގޮސްފި ނޫންތޯ، މިއީ ދިވެހިން ކުރި މަސައްކަތް، މިއީ ދިވެހިން ކުރި މަސައްކަތުގެ އަގު،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ނިއުމަތަށް ޝުކުރު ކުރަން ޖެހެނީ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ދޫކޮށްލާކަށް ނުޖެހޭ،"

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓް އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރްއަށް ދޫކޮށްލުމަށް ގައުމަށް ލިބުނު ގެއްލުން ކަމަށާއި ފައިދާގެ ގޮތުގައި ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ކުރިން އެއަށްވުރެ ގިނަ ފައިސާ އެއާޕޯޓަށް ލިބެމުން ދިޔަ ކަމަށެވެ.

"މިއަދު ޖީއެމްއާރް އަތުން އެއާޕޯޓް އަތުލައި އެ ފައިސާ ދައްކާފަ އެއާޕޯޓްގެ ތަރައްގީއަށް މަސައްކަތް ކުރަމުން މިއަދު އެއާޕޯޓް ކުންފުނީގެ ފައިދާއަކީ އެއް ބިލިއަން ރުފިޔާ، މިއީ އަޅުގަނޑުމެންގެ އިގްތިސޯދުގެ ނާރެހަކަށް ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އެއާޕޯޓާއި އެހެންވެސް އެއާޕޯޓްތައް ތަރައްގީވެގެން ދިޔުމުން ވަޒީފާތައް އުފެދި ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. އިގްތިސޯދު ކުރިއެރުމުން ބޭރުގެ އިސްތިއުމާރުތައް ރާއްޖެ ނާންނަ ކަމަށެވެ.

"އަޅުވެތިކަމުގެ ނަތީޖާއަކަށް ވާނީ އަޅުގަނޑުމެން ބޭރު މީހުން ކައިރިއަށް ސަލާން ޖަހަން ދިޔުން، މިހާރު އަޅުގަނޑުމެން މި ނަގާ ފައިސާ މި ނަގަނީ ޝަރަފުވެރިކަމާއެކު، ދުވަހަކު ވެސް ޒުވާން ކުއްޖަކު ބޭނުމެއް ނުވާނެ، މި ރައީސް ވެސް ބޫނުމެއް ނުވާނެ ދިވެހިން ސަލާން ޖަހަން ދާކަށް، އަޅުގަނޑުމެން ތިބެންޖެހޭނީ ފުދުންތެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ސަފުގަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ހާސިލްވެގެން ދިޔަ ކާމިޔާބީއަކީ ދިވެހިންގެ މިނިވަންކަމަށް އެންމެ ބޮޑު ތާއިދެއް ލިބުނު ކާމިޔާބީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަޒުމެއް ނުގުޑާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އިގްތިސޯދު ކުރިއަރުއްވާނެ ކަމަށެވެ.