overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އާމްދަނީ 82 ބިލިއަނަށް އަރުވާނަން: ރައީސް

ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަން ޑޮލަރަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އައި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އާ ރަންވޭއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވެފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އާ ރަންވޭއަކީ ރާއްޖެއަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ އާ ރަންވޭ މަޝްރޫއަކީ ދިވެހިންގެ ޝަރަފު ކަމަށާއި ދިވެހިންގެ މިނިވަންކަން އޮތީ ވެލާނާ އެއާޕޯޓްގަ ކަމަށެވެ.

ރާއްޖޭގެ އިްގތިސޯދު ބިނާ ވާނީ އެ އެއާޕޯޓްގެ މައްޗަށް ކަމަށާއި ވެލާނާ އެއާޕޯޓާއި އެހެންވެސް އެއާޕޯޓްތައް ތަރައްގީވެގެން ދިޔުމުން ވަޒީފާތައް އުފެދި ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑު ތަނުން ކުރިއަރާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއަދު ދިވެހި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަކީ 20 ބިލިއަން ކަމަށްވާޏަމަ، ވެން އައިއެމް ޑަން ވިތް ތިސް އެއާޕޯޓް އަދި އެއާޕޯޓުން ފައިދާ ލިބެން ފެށުމުން، 2023 އާ ހަމައަށް ދާއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހި ދައުލަތަށް ވައްދާނަން 82 ބިލިއަން ރުފިޔާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއީ އުއްމީދާއި ތަރައްގީ ކަމަށާއި އެއަށް ފުރަގަސް ދޭން ނުޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދު ހާސިލްވެގެން ދިޔަ ކާމިޔާބީއަކީ ދިވެހިންގެ މިނިވަންކަމަށް އެންމެ ބޮޑު ތާއިދެއް ލިބުނު ކާމިޔާބީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަޒުމެއް ނުގުޑާ ކަމަށެވެ.

"އަޅުގަނޑުމެން އެއާޕޯޓް ވިއްކާލަކަށް ނުޖެހޭ ލާރި ފޮއްޗެއް ނުލިބިގެން ތަރައްގީ ނުވެގެނެއް، މިއަދު މި ދައްކައިދެނީ އޭގެ ހަގީގަތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓް އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރްއަށް ދޫކޮށްލުމަށް ގައުމަށް ލިބުނު ގެއްލުން ކަމަށާއި ފައިދާގެ ގޮތުގައި ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ކުރިން އެއަށްވުރެ ގިނަ ފައިސާ އެއާޕޯޓަށް ލިބެމުން ދިޔަ ކަމަށެވެ.

"މިއަދު ޖީއެމްއާރް އަތުން އެއާޕޯޓް އަތުލައި އެ ފައިސާ ދައްކާފަ އެއާޕޯޓްގެ ތަރައްގީއަށް މަސައްކަތް ކުރަމުން މިއަދު އެއާޕޯޓް ކުންފުނީގެ ފައިދާއަކީ އެއް ބިލިއަން ރުފިޔާ، މިއީ އަޅުގަނޑުމެންގެ އިގްތިސޯދުގެ ނާރެހަކަށް ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.