overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޕީޕީއެމްގެ ސައިޒު ފެނި ނިހާން ތިރިވީ ސަޖިދައަށް!

Sep 18, 2018
30

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ގިނަ ބަޔަކު އެއްވުމުމާ ގުޅިގެން، އެއާ ވާދައަށް ޕީޕީއެމް އިން ވެސް ސައިޒު ދައްކާލަން މިރޭ ބޭއްވި ޖަލްސާއަށް އެތަށް ސަތޭކަ ބަޔަކު ވަނީ އެއްވެފަ އެވެ.

މާފަންނު ވެލިދަނޑުގައި ބޭއްވި އެ ޖަލްސާއަށް އަތޮޅުތަކުން އެތަށް ފްލައިޓެއް ފުރާ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފަ އެވެ. އެގޮތުން ފިޔާތޮށި ކުލައިގެ ޓީޝާޓު ލައިގެން ތިބި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ވެލިދަނޑު ފުރާލައިފަ އެވެ. އެގޮތުން އެ ޖަލްސާގައި ފުރަތަމަ ވާހަަކަ ދައްކަވަން ސްޓޭޖަށް އެރި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ވަނީ ޕީޕީއެމްގެ "އަސްލު ސައިޒު" ފެނި ސަޖިދައަށް ތިރިވެފަ އެވެ.

ﷲ އަކްބަރް އޭ ވިދާޅުވެ ނިހާންގެ ވާހަކަ ފައްޓަވަމުން ވަނީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ޔަގީންވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރު އަދާ ކުރައްވަމުން ނިހާން ވިދާޅުވި ގޮތުގައި އެ ޖަލްސާއަށް 40،0،00 އަކަށް މީހުން ބައިވެރިވި އެވެ. އަދި ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާއަކީ ރާއްޖޭގެ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު ޖަލްސާ ކަމަށް އެ ޕާޓީ އިން ބުނެ އެވެ. އެ ޖަލްސާގައި ޕީޕީއެމްގެ މެނިފެސްޓޯ ވެސް އާންމު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.