overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީންގެ މެނިފެސްޓޯ ނެރެފި

ކުރިޔަށް އޮތް ފަސް އަހަރަށް ޕީޕީއެމް އިން ތައްޔާރުކޮށްފައިވާ އެ ޕާޓީގެ މެނިފެސްޓޯ މިރޭ ނެރެފި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯ ނެރުނީ މިރޭ އެ ޕާޓީ އިން ބޭއްވި ބޮޑު ޖަލްސާގަ އެވެ. މެނިފެސްޓޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ. އެހެން ނަމަވެސް އެ މެނިފެސްޓޯގައި ހިމެނޭ ބައިތަކެއް އަދި ތަފްސީލްތަކެއް ޖަލްސާގައި ހާމައެއް ނުކުރެ އެވެ.

"ތަރައްގީގެ ހިއްސާ އެންމެންނަށް" ޝިއާރުގެ ދަށުން އިނގިރޭސި ބަހުން ނެރެފައިވާ މެނިފެސްޓޯ ބިނާވެގެންވާ އިންފްރާ ސްޓަކްޗާ އާއި އާބަން ޑިވަލޮޕްމަންޓް، ޓޫރިޒަމް، މެރިޓައިމް ހަބް، ފައިނޭންސް، އައިސީޓީ، މަސްވެރިކަން، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ތައުލީމު، އިޖްތިމާއި ރައްކާތެރިކަން އަދި ޒުވާނުންގެ ދާއިރާއަށެވެ.

އިންފްރާ ސްޓްރަކްޗާ އާބަން ޑިވަލޮޕްމަންޓް:

- ގްރޭޓާ މާލޭ ޒޯންގެ އިތުރުން އިތުރާއި ދެކުނުގައި އިގްތިސާދީ ދެ ސަރަހައްދު ގާއިމްކުރުން
- އަތޮޅުތަކުގައި 500 ހައުސިން ޔުނިޓް
- މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް ނިންމުން
- ގްރޭޓާ މާލޭ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ ވަކި މިންވަރެއް ތިލަފުއްޓަށް ގެންދާ ކުނިން އުފެއްދުން
- ކުނި ރިސައިކަލް ކުރާނެ ހަތް ސެންޓަރެއް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރުން
- ދުވާލަށް ބޭނުންވާ ހަކަތައިގެ 50 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން.
- ބައިސްކަލުން ނަގާ ޑިއުޓީ އުވާލައި، ރަށްރަށުގައި ބައިސްކަލް ލޭންތައް ގާއިމްކުރުން.

ޓޫރިޒަމްގެ ސިނާއަތް:

- ޓޫރިސްޓުން އަންނަ އަދަދު ފަސް މިލިއަނަށް ގެންދިޔުން.
- ހުވަދު އަތޮޅުގައި 10،000 އެނދު ތަރައްގީކޮށް ޓޫރިޒަމް ޒޯނެއް ގާއިމްކުރުން.
- ފ އަތޮޅަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހަބަކަށް ބަދަލުކުރުން.
- ހުޅުމާލެ މޫދުގައި، އާޓިފިޝަލް ސާފިން ޕޮއިންޓެއް ގާއިމްކޮށް ސާފިން ޑެސްޓިނޭޝަނަކަށް ހެދުން.
- މާލޭ ޕޯޓް ތިލަފުއްޓަސް ބަދަލުވުމުން ހުސްވާ ބިމުގައި ހައި އެންޑް ހޮޓާތައް ގާއިމް ކުރުމުން.

މެރިޓައިމް ހަބް:

- މާލޭގެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ޓްރާންޝިޕްމަންޓް ބަނދަރަކަށް އެތަން ހެނދުން.
- ތިލަފުށީ ޕޯޓާއި މާލެ ބްރިޖަކުން ގުޅާލުން.
- އައްޑޫގައި ބަންކަރިންނާއި، ޑޮކިން އަދި ބޯޓްތަކަށް ތެޔޮ އެޅޭނެ ފެސިލިޓީ ގާއިމްކުރުން.

ފައިނޭންސްގެ ސިނާއަތް:

- އެޗްޑީއެފްސީ ޑިވަލޮޕްމަންޓް ބޭންކަކަށް ބަދަލުކުރުން.
- ހައުސިން ލޯންތަކުގެ އިންޓަރެސްޓް ރޭޓް ފަސް ޕަސެންޓަށް، ކޮންޓްރިބިއުތް ކުރަން ޖެހޭ ވަރު 15% ދަށްކުރުން.
- ހުރިހާ ރަށަކަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ފުޅާކުރުން.
- އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމްކޮށް، ޕޭބަލް ފަދަ ހިދުމަތްތައް ބޭނުން ކުރަން ފެށުން.
- ވިޔަފާރި ފަށަން ބޭނުން ޒުވާނުންނާއި އަންހެނުންނަށް ލޯންގެ 1،000 ފުރުސަތު.

މެނިފެސްޓޯ ނެރެދެއްވުމަށް ފަހު ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މެނިފެސްޓޯ އަކީ މުޅިންއާ އުންމީދުތަކެއް ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މެނިފެސްޓޯގައި ހުރި ކަންތައްތަކަކީ މީގެ ކުރިން އެމަނިކުފާނު 2013 ގައި، ގެންނެވި މެނިފެސްޓޯގައި ހުރި ކަންކަމާ ގުޅިލާމެހިގެން ރާއްޖެ ތަރައްގީ ކުރާނެ ގޮތް ހިމެނޭނެ މެނިފެސްޓޯއެއް ކަމަށެވެ. މެނިފެސްޓޯގެ ސަބަބުން، ރާއްޖޭގެ އާމްދަނީ އެތައް ތަނެއް އިތުރުވެ ތަނަވަސް ރާއްޖެއަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދެވަނަ ދައުރުގެ މެނިފެސްޓޯ މިރޭ ނެރުން ނަމަވެސް ރައީސް ޔާމީން ވަނީ މެނިފެސްޓޯގެ ބައެއް ބައިތައް އެކި ޖަލްސާތަކުގައި އިއުލާންކޮށްފަ އެވެ. އެގޮތުން ވިލިމާލެ 2 ގެ މަޝްރޫއައި ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލެ ގުޅުވާލުމާއި، އައްޑޫ ސިޓީ ހިތަދޫ އާއި މީދޫ ބްރިޖަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.