overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ އަނބިކަނބަލުން ފުރަތަމަ ފަހަރަށް ކެމްޕެއިން ހަރަކާތަކަށް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފުރަތަމަ ފަހަރަށް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބަށް ހަތަރު ދުވަހަށްވެފައިވާއިރު މީގެކުރިން އެއްވެސް ހަރަކާތެއްގައި ފަޒްނާ ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް މިރޭ އިބޫގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އާންމުންގެ ސުވާލުތައް ކުރުމަށް ރާއްޖެޓީވީއިން ބޭއްވި "ރައްޔިތުންގެ ދަރުބާރު" ހަރަކާތުގައި ފަޒްނާ ބައިވެރިވެވަޑައިގަތެވެ.

ފަޒްނާ މިރޭގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އިބޫ ވަނީ އޭނާ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ފަޒްނާ ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެކުރިން އިބޫ ވިދާޅުވެފައިވަނީ އޭނާގެ އަނބިކަނބަލުން ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެކަމަކު އެއީ ތައުލީމީ ދާއިރާގެ ބޭފުޅަކަށްވާތީ އިޖުތިމާއީ ކަންކަމުގައި އުޅުއްވާނެ ކަމަށެވެ. ގައުމެއްގެ ވެރިއެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން ސިޔާސީ މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމެއްގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުން އެހެން ސިޔާސީ މަސައްކަތުގައި ނުކުމެ އުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

ފަޒްނާ ކެމްޕެއިން ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާއިރު އިބޫގެ ވާދަވެރި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކުރައްވަމުންނެވެ.